ރެސްކިއު އޮޕަރޭޝަނުގައި ނިޔާވި ސިފައިންގެ ޑައިވަރު މަހުދީގެ ޖަނާޒާ ސިފައިންގެ ރަސްމީ އިއްޒަތުގައި މިރޭ

ރެސްކިއު އޮޕަރޭޝަނުގައި ނިޔާވި ސިފައިންގެ ޑައިވަރު މަހުދީގެ ޖަނާޒާ ސިފައިންގެ ރަސްމީ އިއްޒަތުގައި މިރޭ

Author
އަހުމަދު
16 މެއި 2026 09:24
0

ގެއްލިގެން ހޯދަމުންދާ އިޓަލީގެ ޑައިވަރުން ހޯދުމުގެ އޮޕަރޭޝަނުގައި ހަރަކާތްތެރިވަނިކޮށް ނިޔާވި އެމްއެންޑީއެފްގެ ޑައިވަރު، ސްޓާފް ސާޖެންޓް މުހައްމަދު މަހުދީގެ ޖަނާޒާ ސިފައިންގެ ރަސްމީ އިއްޒަތުގައި މިރޭ ބޭއްވުމަށް ނިންމައިފިއެވެ.

އެމްއެންޑީއެފް ކޯސްޓްގާޑުން ކުރިއަށްގެންދިޔަ މި ނުރައްކާތެރި އޮޕަރޭޝަނުގައި ކަނޑު އަޑިއަށް ފީނުމުގެ ތެރޭގައި ހާލު ދެރަވެގެން މަހުދީ ނިޔާވީ އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން ދަނިކޮށެވެ. މަހުދީގެ މައްޔިތާއަށް ޒިޔާރަތްކުރުން މިރޭ 19:00 އިން ފެށިގެން އިސްލާމީ މަރުކަޒުގައި ކުރިއަށްދާނެއެވެ. އަދި ކަށުނަމާދު ކުރުން އޮންނާނީ މިރޭ 22:00 ގައި ހަމަ އެ މަރުކަޒުގައެވެ.

މި ހިތާމަވެރި ދަނޑިވަޅުގައި، މަހުދީގެ ޖަނާޒާގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަށް އެމްއެންޑީއެފުން ވަނީ އެދިފައެވެ. ފާހަގަކޮށްލެވޭ ގޮތުގައި، އިޓަލީގެ ޑައިވަރުން ހޯދުމުގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިއްޔެ މެންދުރުފަހު އެ ސަރަހައްދަށް ވަޑައިގަތުމުން، އެމަނިކުފާނަށް މައުލޫމާތު އެރުވުމުގެ ބްރީފިންގގައިވެސް މަހުދީ ވަނީ އަމަލީގޮތުން ބައިވެރިވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.