ރާއްޖެއިން ކޯވީޑް-19އަށް އިތުރު 35 މީހުން ޕޮޒިޓިވްވެއްޖެއެވެ.
މިއަދު ޕޮޒިޓިވްވި 35 މީހުންނަކީ ހަމައެކަނި މާލެ ސަރަހައްދުން ޕޮޒިޓިވްވި މީހުންނެވެ. އެއީ 27 ދިވެހިންނާއި 8 ބިދޭސީންނެވެ. މިއަދު އަތޮޅުތަކުން އެއްވެސްމީހަކު ޕޮޒިޓިވްވެފައިއެއް ނުވެއެވެ.
އެޗްޕީއޭއިން ޢާންމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުގުގައި މިހާތަނަށް ރާއްޖެއިން މިބަލި ޖެހިފައިވަނީ 10894 މީހަކަށެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ބަލިން ރަނަގަޅުވެފައިވާ 59 މީހުންނާއެކު މިހާތަނަށް 9742 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. މިވަގުތު މިބަލީގައި ފަރުވާދެމުން އަންނަނީ 110 މީހަކަށެވެ. އަދި އައިސޮލޭޝަން ފެސިލިޓީސްތަކުގައި368 މީހަކު އެބަތިއްބެވެ. ހޮސްޕިޓަލުތަކުގައި ފަރުވާދެމުން އަންނަނީ 72 މީހަކަށެވެ.
ފާއިތުވި24 ގަޑިއިރުގެ ތެރޭގައި ކޯވީޑަށް ޓެސްޓްކުރުމަށް 1282 ސާމްޕަލް ވަނީ ނަގާފައެވެ. އަދި މިއަދު ނިޔާވި ދިވެއްސަކާއެކު މިހާތަނަށް ވަނީ 35 މީހަކު މިބަލީގައި ރާއްޖޭގައި ނިޔާވެފައެވެ.
ރާއްޖޭގެ އަތޮޅުތަކުގެ ތެރެއިން21 ރަށެއްގައި152 އެކްޓިވް ކޭސް ތިބިއިރު، އޭގެ ތެރޭގައި ހިމެނެނީ59 ދިވެހިންނާއި63 ބިދޭސީންނެވެ. އަދިރާއްޖޭގެ20 ރިސޯޓަކުން10 ފަތުރުވެރިއަކާއި16 މުވައްޒަފެއްވެސް މިހާތަނަށް ބަލިޖެހި ފަރުވާ ހޯދަމުން އަންނަކަން އެޗްޕީއޭގެ ތަފާސް ހިސާބުތަކުންދައްކައެވެ.
ކޮމެންޓު ފޮނުވާ