އެތެރޭގެ ބާޒާރުގައި ހަކުރުގެ އަގު އުފުލި، ތަކެތި ލިބުމުގައި ދަތިތަކެއް ކުރިމަތިވެދާނެކަމުގެ ބިރަށް، އިންޑިއާއިން ހަކުރު އެކްސްޕޯޓްކުރުން ވަގުތުން ހުއްޓާލަން އެ ގައުމުގެ ސަރުކާރުން ނިންމައިފިއެވެ.
އިންޑިއާ ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި މި ފިޔަވަޅު އަންނަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ނުވަތަ އެހެން ގޮތަކަށް އަންގަންދެން ދެމިއޮންނާނެއެވެ. އެހެންނަމަވެސް، އެކްސްޕޯޓްކުރުމުގެ މަރުހަލާގައި މިހާރު ހުރި އަދި ކަނޑައެޅިފައިވާ ވަކި ޝަރުތުތަކެއް ފުރިހަމަވާ ޝިޕްމަންޓްތައް ފޮނުވުމަށް ހުރަހެއް ނޯންނާނެ ކަމަށް ވަނީ ބުނެފައެވެ. ދިވެހިރާއްޖެއަކީ އިންޑިއާގެ އަވަށްޓެރި ގައުމަކަށް ވުމާއެކު، ރާއްޖެއަށް ހަކުރު އެތެރެކުރަނީ އެކަމަށް ދޫކޮށްފައިވާ ހާއްސަ ހުއްދައެއްގެ ދަށުންނެވެ. އަދި މިދިޔަ މަހުގެ ތެރޭގައި އެ ހުއްދަ އާކޮށްފައިވުމާއެކު، އިންޑިއާގެ މި ނިންމުމުގެ ސަބަބުން ރާއްޖެއަށް ހަކުރު ލިބުމުގައި މާބޮޑު ދަތިތަކެއް ކުރިމަތިނުވާނެ ކަމަށް ބެލެވެއެވެ.
ކޮމެންޓު ފޮނުވާ