’ބޮޑު ބަދަލު' ބައްދަލުވުމަށް ރައީސް ނަޝީދު ލަންކާއަށް

’ބޮޑު ބަދަލު' ބައްދަލުވުމަށް ރައީސް ނަޝީދު ލަންކާއަށް

Author
އަހުމަދު
12 މެއި 2026 03:57
0

ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްކޮށް ހުންނަވައިގެން ކުރިއަށްގެންދަވާ 'ބޮޑު ބަދަލު' ކެމްޕެއިންގެ ބައްދަލުވުމަކަށް އެމަނިކުފާނު މިއަދު ސްރީލަންކާއަށް ފުރާވަޑައިގެންފިއެވެ.

އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލާއެކު ބާއްވަވާ މި ބައްދަލުވުން އޮންނާނީ މިރޭ 8:00 އިން 10:00 އަށް ލަންކާގެ ދެހިވަލައިގައެވެ. މިއީ ލަންކާގައި ދިރިއުޅޭ ދިވެހިންނަށް ޚާއްސަކޮށްގެން ބާއްވާ ހަރަކާތަކަށްވާއިރު، ވީހާވެސް ގިނަ ދިވެހިން މި ބައްދަލުވުމުގައި ބައިވެރިވުމަށް ނަޝީދާއި ފައްޔާޒްގެ ޓީމުން ވަނީ އެދިފައެވެ. އަވައްޓެރި ލަންކާއަކީ 12،000 އަށްވުރެ ގިނަ ދިވެހިން އާއްމުކޮށް ދިރިއުޅެމުން އަންނަ ގައުމެކެވެ.

އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ހޮވުމުގެ އިންތިޚާބު 12 ޖޫން 2026 ވާ ހުކުރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާއިރު، މި އިންތިޚާބުގައި ވާދަކުރައްވަނީ ރައީސް ނަޝީދާއި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމެވެ. އެ ޕާޓީން މައުލޫމާތު ދޭގޮތުގައި ވޯޓުލުން ކުރިއަށްދާނީ އެ ދުވަހުގެ މެންދުރު 14:30 އިން ރޭގަނޑު 20:00 އަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.