ހަކަތައިގެ މައްސަލަތަކަށް ހައްލު ހޯއްދެވުމަށް ބޮޑުވަޒީރު މޯދީ ޔޫއޭއީ އާއި ޔޫރަޕަށް

ހަކަތައިގެ މައްސަލަތަކަށް ހައްލު ހޯއްދެވުމަށް ބޮޑުވަޒީރު މޯދީ ޔޫއޭއީ އާއި ޔޫރަޕަށް

Author
އަހުމަދު
12 މެއި 2026 09:08
0

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ، އިގްތިސާދީ އަދި ހަކަތައިގެ ގުޅުން ބަދަހިކުރެއްވުމުގެ ގޮތުން ޔޫއޭއީ އާއި ޔޫރަޕުގެ ހަތަރު ގައުމަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެއް މި ހުކުރު ދުވަހު ފަށްޓަވާނެއެވެ.

އިންޑިއާގެ ފޮރިން މިނިސްޓްރީން މައުލޫމާތު ދޭގޮތުގައި މި މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ކުރައްވާ މި ދަތުރުފުޅުގައި މޯދީ ވަޑައިގަންނަވާނީ ޔޫއޭއީ، ނެދަލޭންޑްސް، ސްވިޑަން، ނޯވޭ އަދި އިޓަލީއަށެވެ. މިއީ މެދުއިރުމަތީގައި އެމެރިކާ އާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އިންތިހާއަށް އުފުލިފައިވާ ދަނޑިވަޅެއްގައި ކުރައްވާ ވަރަށް މުހިންމު ދަތުރުފުޅެކެވެ.

ތެލުގެ އަގު ބޮޑުވުމުގެ ސަބަބުން އިންޑިއާގެ ބޭރު ފައިސާގެ ރިޒާވަށް ވަނީ ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހިފައެވެ. އެހެންކަމުން މި ދަތުރުފުޅުގައި ގައުމުގެ ހަކަތައިގެ ރައްކާތެރިކަން ކަށަވަރުކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވޭނެ ކަމަށް ވަނީ ބެލެވިފައެވެ.

މި ނާޒުކު ހާލަތުން އަރައިގަތުމަށްޓަކައި ބޮޑުވަޒީރު މޯދީ ވަނީ ތެލާއި ބޭރު ފައިސާ ސަލާމަތްކުރުމަށް އިންޑިއާގެ ރައްޔިތުންނަށް ހާއްސަ އިލްތިމާސެއްވެސް ކުރައްވާފައެވެ. އޭގެ ތެރޭގައި، ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް މަދުކުރުމަށާއި، ގޭގައި ތިބެގެން މަސައްކަތް ކުރެވޭނެ އިންތިޒާމުތަކަށް އިސްކަންދިނުމަށް އެމަނިކުފާނު ވަނީ ބާރުއަޅުއްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.