ރާއްޖޭގައި މިހާތަނަށް ވެރިކަން ކުރެއްވި ރައީސުންގެ ތެރެއިން ޤައުމުދެކެ އެންމެ ލޯބިވި ރައީސަކީ ރައީސް އަލްއުޘްތާޒު މައުމޫން އަބްދުލް ޤައްޔޫމް ކަމުގައި ކުރިއަށް އޮތް ކައުންސިލް އިންތިޚާބްގައި މާލެ ސިޓީ މޭޔަރުގެ މަޤާމަށް ވާދަކުރައްވާ އަލްހާން ފަހުމީ ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ ޑިމޮކްރަޓިކް ހަޔާތުގައި މިހާތަނަށް ވެރިކަން ކޮށްފައިވާ ވެރިންނަށް އިޝާރާތް ކުރައްވައި އަލްހާން ވިދާޅުވީ އެތައް ވެރިންނެއް ރާއްޖޭގައި މިހާތަނަށް ވެރިކަން ކޮށްފައިވާކަމަށެވެ. ނަމަވެސް ރައީސް މައުމޫން ނޫނީ ޤައުމަށް ލޯބިހުރެ ޤައުމަށްޓަކައި ތެދުވެރިކަމާއިއެކު ވެރިކަން ކުރެއްވި ރައީސަކު ފެނިފައި ނުވާކަމަށް ރައީސް މައުމޫނާއިއެކު ޑީއާރުޕީން ސިޔާސީ މަސައްކަތް ފެއްޓެވި އަލްހާން ވިދާޅުވި އެވެ.
މިހާތަނަށް މި ގައުމުގައި ވެރިކަން ކުރެއްވި ޤައުމު ދެކެ އެންމެ ލޯބިވީ ވެރިޔަކީ ރައީސް @maumoonagayoom !
އެމަނިކުފާނުގެ ކެޔޮޅުކަމުގައި ކޮއްކޯފުޅު ޔާމީނަށް ވެރިކަން ލިބުނީ ދިވެހިން ރައީސް މައުމޫނަށް ކުރި އިތުބާރުގެ ސަބަބުންނޭ ދެންނެވުމަކީ ކުށަކަށް ނުވާނެ! pic.twitter.com/A9BhhdvILF— ????? ????? – ?? (@AlhanFahmy) October 11, 2020
އަލްހާން ވިދާޅުވީ ރައީސް މައުމޫގެ މޭސްތިރިކަމުގައި ރާއްޖެއަށް ބޮޑެތި ހެޔޮބަދަލުތައް ގެނެވި ޤައުމުގެ މިނިވަންކަމާއި ސިޔާދަތު ކަށަވަރުކުރެވުނު ކަމަށެވެ. ނަމަވެސް މިހާރު ރާއްޖޭގެ މިނިވަންކަން ގެއްލި އަޅުވެތިވާ ހިސާބަށް ޤައުމުގެ ކަންކަން ދާއިރުވެސް އެއްވެސް ވެރިއެއްގެ ފަރާތުން ތެދުވެރިކަމާއިއެކު މަސައްކަތް ކުރާތަން ނުފެންނަ ކަމަށެވެ. މިއަދު ރާއްޖޭގައި އިންޑިޔާ ސިފައިން ހަރަކާތްތެރިވެ ރާއްޖޭގެ މިނިވަންކަމަށް ބުރޫއަރާ ހިސާބަށް ކަންކަން ގޮސްފައިވާއިރުވެސް ސަރުކާރުން އިންޑިޔާ ސިފައިން ރާއްޖޭގައި ތިބި ސަބަބު ހާމަކޮށް ނުދެއްވުމަކީ ގޯހެއްކަމަށް އޭނާ ވިދާޅުވި އެވެ. މިގޮތަށް މި މައުލޫމާތު ސިއްރުކުރާނަމަ މަގުތަކަށް ނިކުންނަން ޖެހިދާނެކަމުގެ އިންޒާރު އަލްހާން ވަނީ ދެއްވާފަ އެވެ.
ދިވެހި ރާއްޖޭގައި އިންޑިއާގެ އަސްކަރީން ތިބި ސަބަބަކާ ، އެމީހުން ގެ އަދަދު އެނގުމަކީ ދިވެހި ރައްޔިތުންނަށް އޮތް ޙައްޤެއް!
ސަރުކާރުން އެކަން ހާމަ ކުރަން ދެކޮޅު ހަދާނަމަ އެކަން ސާފުކުރަން، އެ ތަފްސީލު ހޯދަން މަގުމައްޗަށް މުޒާހަރާއަށް ނުކުންނަން ޖެހިދާނެ! @MNDF_Official
— ????? ????? – ?? (@AlhanFahmy) October 11, 2020
އިންޑިޔާ ސިފައިން ރާއްޖޭގައި ތިބުމާއި ދެކޮޅަށް ވަރުގަދަ ކެންޕެއިނެއް ކުރިއަށްދާއިރު ސަރުކާރުން ދަނީ މިކަމާއި ގުޅިގެން ފިނި ޖަވާބުތަކެއް ދެއްވަމުންނެވެ. އަދި އިންޑިޔާ ސިފައިންނަކީ އަބަދުވެސް ރާއްޖޭގައި ތިބޭބައެއްކަމަށް ވިދާޅުވެ އެކަމުގެ މާބޮޑު ތަފްސީލަކަށް ސަރުކާރުން ގޮސްފައި ނުވެއެވެ.
ކޮމެންޓު ފޮނުވާ