ޒާތީ މައުލޫމާތު ރައްކާތެރިކުރާ ބިލާއެކު ޖުމްލަ 12 ބިލެއް މަޖިލީހަށް ހުށަހަޅަނީ

ޒާތީ މައުލޫމާތު ރައްކާތެރިކުރާ ބިލާއެކު ޖުމްލަ 12 ބިލެއް މަޖިލީހަށް ހުށަހަޅަނީ

Author
އަހުމަދު
06 މެއި 2026 02:57
0

ރައްޔިތުންގެ ޒާތީ މައުލޫމާތު ރައްކާތެރިކުރުމުގެ ޑޭޓާ ޕްރޮޓެކްޝަން ބިލާއެކު، މުހިންމު 12 ބިލެއް ކުރިއަށް އޮތް ދެތިން ދުވަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ބަންޑާރަނައިބު އަހުމަދު އުޝާމް މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން އުޝާމް ވިދާޅުވީ، މަޖިލީހުގެ މި ހިނގާ ދައުރަށް ހުށަހެޅުމަށް ބަންޑާރަނައިބުގެ އޮފީހުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އޭގެ ތެރެއިން އެންމެ ހާއްސަ އެއް ބިލަކީ އާންމުންގެ ޒާތީ މައުލޫމާތު ރައްކާތެރިކުރުމަށް އެކުލަވާލާފައިވާ ބިލުކަން އޭނާ ފާހަގަކުރެއްވިއެވެ. އުޝާމް ވިދާޅުވި ގޮތުގައި މި ބިލުގެ މަގުސަދަކީ މައުލޫމާތު އެއްކުރުމާއި ބޭނުންކުރުމުގައި ހާމަކަން ބޮޑު، ޖަވާބުދާރީކުރުވަނިވި ނިޒާމެއް ގާއިމުކުރުމާއި، މައުލޫމާތު ޕްރޮސެސްކުރާ ފަރާތްތައް ރެގިއުލޭޓްކުރުމެވެ.

މި ބިލަކީ ދައުލަތުގެ ގިނަ އިދާރާތަކަކާއި ބޭރުގެ ފަރާތްތަކުގެ އެހީތެރިކަމާއެކު ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކޮށްގެން ފަރުމާކޮށްފައިވާ ބިލެއްކަން ވެސް ބަންޑާރަނައިބު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅަން ތައްޔާރުވެފައިވާ އިތުރު ބިލުތަކުގެ ތަފްސީލުތައް ވެސް އޭނާ ވަނީ ނޫސްވެރިންނާ ހިއްސާކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.