ފިޔަވަޅު އަޅާނެކަމުގެ އިންޒާރު އަނެއްކާވެސް އީސީން ޕީއެންއެފްއަށް ދީފި

ފިޔަވަޅު އަޅާނެކަމުގެ އިންޒާރު އަނެއްކާވެސް އީސީން ޕީއެންއެފްއަށް ދީފި

Author
އަހުމަދު
05 މެއި 2026 12:56
0

އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޕީއެންއެފްއަށް ފިޔަވަޅު އަޅާނެ ކަމަށް ބުނެ އިންޒާރު ދީފި އެވެ.

މާލޭގައި ޕީއެންއެފުން ކުރިއަށް ގެންދާ ސިލްސިލާ މުޒާހަރާތަކާ ގުޅިގެން، ތަކުރާރުކޮށް ސިޓީ ފޮނުވުމަށް ފަހު، އީސީ އިން ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ގާނޫނުން ހުއްދަ ކުރާ ދާއިރާ އިން ބޭރުގައި މަގުތަކާއި އާންމު ތަންތަނުގައި ސިޔާސީ ހަރަކާތްތައް ހިންގުމަކީ ސުލޫކީ މިންގަނޑާ ހިލާފު ކަމެއް ކަމަށެވެ. އަދި އެހެން ޕާޓީއެއްގެ ބައްދަލުވުމަކަށް ހުރަސް އެޅޭ ފަދަ ގޮތަކަށް އަމަލު ކުރުމަކީ ސިޔާސީ ޕާޓީތަކުގެ ގާނޫނު ތަންދޭ ކަމެއް ނޫން ކަމަށް ވެސް ބަޔާނުގައި ފާހަގަ ކޮށްފައިވެ އެވެ.

މި ކަންކަމާ ގުޅިގެން ހާޒިރުވެ މަޝްވަރާ ކުރުމަށް ކޮމިޝަނުން ދެންނެވި ނަމަވެސް، ޕީއެންއެފުން ވަނީ އެކަމަށް އުޒުރުވެރިވެފަ އެވެ. "އިސްވެ ބަޔާންކުރެވުނު އަމަލުތައް ތަކުރާރުވާ ނަމަ، ސިޔާސީ ޕާޓީގެ ގާނޫނުގެ ދަށުން އަޅަންޖެހޭ ފިޔަވަޅު މި ކޮމިޝަނުން އަޅާނެ،" ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.

ފާހަގަ ކޮށްލެވޭ ގޮތުގައި، ޕީއެންއެފްގެ މި މުޒާހަރާތައް ލައިވް ކުރުން ހުއްޓުވުމަށް ވެސް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (އެމްއެމްބީސީ) އިން ކުރިން ވަނީ އަންގައިފަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.