ބޮޑު ކަންނެލި ގަނެވޭނެ އެންމެ ދަށް އަގު ކަނޑައަޅައި މިނިސްޓަރަށް ހުށަހަޅައިފި

ބޮޑު ކަންނެލި ގަނެވޭނެ އެންމެ ދަށް އަގު ކަނޑައަޅައި މިނިސްޓަރަށް ހުށަހަޅައިފި

Author
މުޙައްމަދު ޝަޒައިމް
13 ޖެނުއަރީ 2021 10:49
0

ބޮޑު ކަންނެލި ގަނެވޭނެ އެންމެ ދަށް އަގު ކަނޑައެޅައި ބޮޑުކަންނެލި މަސްވެރިންގެ ޔޫނިޔަނުން ފިޝަރީޒް މިނިސްޓަރ ޒަހާ ވަހީދަށް ހުށަހަޅައިފިއެވެ.

ބޮޑުކަންނެލި މަސްވެރިންގެ ޔޫނިޔަނުން ބުނެފައިވަނީ ކަންނެއްލި ގަނެވޭނެ އެންމެ ދަށްއަގު ކަނޑައެޅުމަށް މަޝްވަރާ ކުރުމަށް ފިޝަރީޒް މިނިސްޓްރީގެ އެދިލެއްވުމަކަށް ބޮޑުކަންނެލި މަސްވެރިންގެ ޔޫނިޔަންއާއި މިއަދު ވަނީ ބައްދަލުކޮށް މަޝްވަރާ ކުރައްވާފައިކަމަށެވެ.

ބޮޑުކަންނެލި މަސްވެރިންގެ ޔޫނިޔަން ގެ ފަރާތުންވާނީ ޖަމިއްޔާގެ މެންބަރުންގެ މަޝްވަރާއަށްފަހު 18 ކިލޯއިން މަތީގެ ކަންނެލި ގަންނަންވާނެ ދަށް އަގަކީ 80 ރުފިޔާ، އަދި A ގްރޭޑްގެ ގޮތުގައި ގަންނަ ކަންނެލި ގަންނަވާނެ ދަށް އަގަކީ 100 ރުފިޔާ ކަމުގައި ހުށައަޅާފައިވާކަމަށެވެ. ނަމަވެސް އަދި މިއަދަދު ތަކަށް އެއްބަސް ވުމަކަށް އާދެވިފައި ނުވާތީ އިތުރު މަޝްވަރާ ބައްދަލުވުންތަށް ކުރިޔަށްގެންދާ ގޮތަށްވަނީ ހަމަޖެހިފައި ކަމަށެވެ.

ބޮޑުކަންނެލި މަސްވެރިންގެ ޔޫނިޔަން އަކީ ބޮޑު ކަންނެލީގެ މަސްވެރިންގެ ހައްގުގައި އަޑު އުފުލައި، މަސްވެރިންގެ ހައްގުތައް ހޯދުމަށް އެކުލަވާލި ޖަމްއިއްޔާއެކެވެ. މި ޖަމްއިއްޔާ އުފެއްދުމުގެ އެންމެބޮޑު މަޤްސަދަކީ ބޮޑުކަންނެލީގެ މަސްވެރިކަން ކުރާ ފަރާތްތަކުން ކަނޑުމަތީގައި ތިބި ކަމުގައިވީނަމަވެސް މާލޭގައި ކަމާއިބެހޭ އިދާރާތަކަށް ދިމާވާ މައްސަލަތައް ހައްލުކޮށް މަސްވެރިންގެ ހައްގު ހޯދުމަށް ވަކާލާތު ކުރުމަށް ދާންޖެހުނު ކޮންމެ ވަގުތެއްގައި ގޮސް އެކަންކަމާއި ވާކާލާތު ކުރުމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.