އަމިއްލަ ނަފްސަށް ގެއްލުންދޭ ހާދިސާތައް ރިޕޯޓުކުރުމުގައި ނޫސްވެރިންނަށް ޚާއްސަ އިރުޝާދުތަކެއް

އަމިއްލަ ނަފްސަށް ގެއްލުންދޭ ހާދިސާތައް ރިޕޯޓުކުރުމުގައި ނޫސްވެރިންނަށް ޚާއްސަ އިރުޝާދުތަކެއް

Author
އަހުމަދު
30 އޭޕްރިލް 2026 03:17
0

މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އާއި މޯލްޑިވިއަން ރެޑް ކްރެސެންޓް (އެމްއާރްސީ) ގުޅިގެން، އަމިއްލަ ނަފްސަށް ގެއްލުންދިނުމުގެ ހާދިސާތައް މީޑިއާގައި ގެނެސްދިނުމުގައި އަމަލުކުރަންޖެހޭނެ ޚާއްސަ މީޑިއާ އެޑްވައިޒަރީއެއް މިއަދު އާންމުކޮށްފިއެވެ.

މި އުސޫލުތަކުގެ މައިގަނޑު މަގުސަދަކީ މިފަދަ ހައްސާސީ މައްސަލަތައް ރިޕޯޓުކުރުމުގައި ނޫސްތަކާއި އެޑިޓަރުންގެ އިތުރުން ނޫސްވެރިންގެ ޒިންމާދާރުކަން އިތުރުކުރުމެވެ. އެގޮތުން، މި އެޑްވައިޒަރީގައި ވަނީ ހާދިސާ ހިނގި ގޮތުގެ ސީދާ ތަފްސީލުތައް ނުދިނުމަށާއި، މަރުވުމުގެ ކުރިން ލިޔެފައި ހުންނަ ނޯޓުތައް އާންމުކޮށް ޝާއިއު ނުކުރުމަށް އިރުޝާދުދީފައެވެ. އަދި ހާދިސާ މާބޮޑުކޮށްލައިގެން ނުވަތަ "ސެންސޭޝަނަލައިޒް" ކޮށްގެން ސުރުޚީތައް ހަދައިގެން ޚަބަރު ގެނެސްދިނުމަކީ އެފަދަ ކަންކަން ތަކުރާރުކުރަން އެހެން ފަރާތްތަކަށް ހިތްވަރު ލިބިދާނެ ކަމެއްކަން އެ ޖަމިއްޔާތަކުން ވަނީ ފާހަގަކޮށްފައެވެ.

މީގެ އިތުރުން، ޒިންމާދާރުކަން ކުޑަ ގޮތަކަށް ޚަބަރު ފެތުރުމަކީ މަރުވާ މީހުންގެ އާއިލާތަކަށް ލިބޭ ހިތާމަ އެތައް ގުނައަކަށް އިތުރުވާ ކަމަކަށް ވާތީ، ބިރުވެރިކަން އުފެއްދުމުގެ ބަދަލުގައި އުންމީދު އާކޮށްދޭ ވާހަކަތަކާއި ކަމާބެހޭ މާހިރުންގެ ލަފާ ގެނެސްދިނުމަށް ވަނީ އިލްތިމާސްކޮށްފައެވެ. އަދި ނޫސްވެރިން ސަމާލުކަންދޭންޖެހޭ އެންމެ މުހިންމު އެއް ކަމެއްގެ ގޮތުގައި، މިފަދަ ކޮންމެ ޚަބަރަކާއި ސޯޝަލް މީޑިއާ ޕޯސްޓެއްގައިވެސް ނަފްސާނީ އެހީތެރިކަން ފޯރުކޮށްދޭ ގައުމީ ހެލްޕްލައިންތަކުގެ މައުލޫމާތު ހިމެނުމަށް ވަނީ އަންގާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.