އައްޑޫގައި މަސްތުވާތަކެއްޗާ ގުޅޭ މާރާމާރީއެއްގައި މީހަކު ޒަހަމްކޮށްލައިފި، ތުހުމަތުގައި މީހަކު ހައްޔަރަށް

އައްޑޫގައި މަސްތުވާތަކެއްޗާ ގުޅޭ މާރާމާރީއެއްގައި މީހަކު ޒަހަމްކޮށްލައިފި، ތުހުމަތުގައި މީހަކު ހައްޔަރަށް

Author
އަހުމަދު
28 އޭޕްރިލް 2026 06:15
0

އައްޑޫ ސިޓީ ހުޅުމީދޫގައި މަސްތުވާތަކެތީގެ މައްސަލައަކާ ގުޅިގެން ހިނގި މާރާމާރީއެއްގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ވަރަށް ބޮޑަށް ޒަހަމްކޮށްލައިފިއެވެ. މި މައްސަލައާ ގުޅިގެން ފުލުހުން ވަނީ މީހަކު ހައްޔަރުކޮށްފައެވެ.

ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ ގެއެއްގެ ތެރޭގައި ދެ ފިރިހެނެއްގެ ދެމެދުގައި އުފެދުނު ދެބަސްވުމެއްގެ ތެރެއިންނެވެ. މި މާރާމާރީގެ އަސްލަކީ މަސްތުވާތަކެތީގެ މުއާމަލާތަކާ ގުޅިގެން އުފެދުނު ހަމަނުޖެހުމެއް ކަމަށް ތަހުގީގަށް މިހާތަނަށް ވަނީ އެނގިފައެވެ. މި ހަމަލާގައި ޒަހަމްވި 39 އަހަރުގެ މީހާ ފުރަތަމަ ހުޅުމީދޫ ހެލްތު ސެންޓަރަށް ގެންދިއުމަށްފަހު، މިހާރު އަންނަނީ އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގައި އިތުރު ފަރުވާ ދެމުންނެވެ. ނަމަވެސް އޭނާއަށް ލިބިފައިވާ އަނިޔާތަކުގެ ތަފްސީލެއް ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ އުމުރުން 44 އަހަރުގެ ފިރިހެނެކެވެ. ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.