ވާދޫ ބަނދަރު ސަރަހައްދުން މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި ދެ މީހެއްގެ ބަންދަށް ކޯޓުން މުއްދަތު ޖަހައިފިއެވެ.
ފުލުހުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވާ ގޮތުން، މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ގދ. ގައްދޫ / ސަންދަރޯސްގެ، އުމުރުން 30 އަހަރުގެ މުޙައްމަދު އަޝްރަފް އާއި ގއ. މާމެންދޫ / ހިތްވަރު، އުމުރުން 18 އަހަރުގެ އާމިނަތު ޝާޔާ ޝުޖާޢު އެވެ. މި ދެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ، މަސްތުވާތަކެތި ބޭނުންކޮށް އަދި އެ ތަކެތި ގެންގުޅޭ ކަމުގެ ތުހުމަތުގައި ވާދޫ ބަނދަރު ސަރަހައްދުން އެމީހުން ހުއްޓުވައި ބަލައިފާސްކުރުމުގެ ތެރޭގައެވެ.
މިގޮތުން އެމީހުން ބަލައިފާސްކުރިއިރު، ބަރުދަނުގައި 3.28 ގްރާމް ހުރި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ފެނިފައިވާކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.
މި މައްސަލައާ ގުޅިގެން މި ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، މުޙައްމަދު އަޝްރަފް 30 ދުވަހުގެ މުއްދަތަށް އަދި އާމިނަތު ޝާޔާ ޝުޖާޢު 60 ދުވަހުގެ މުއްދަތަށް ބަންދުގައި ބޭތިއްބުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. މައްސަލަ އިތުރަށް ތަޙުޤީޤުކުރަމުންދާކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ކޮމެންޓު ފޮނުވާ