ކޯވިޑް-19 : މިއަދު ޕޮޒިޓިވްވީ 44 މީހެއް

ކޯވިޑް-19 : މިއަދު ޕޮޒިޓިވްވީ 44 މީހެއް

Author
ހުސައިން
02 އޮކްޓޯބަރ 2020 10:16
0

ރާއްޖެއިން ކޯވިޑް-19އަށް އިތުރު 44 މީހުން ޕޮޒިޓިވްވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ހާމަކުރެއްވި ގޮތުގައި ބުރާސްފަތި ދުވަހުގެ 18:00އިން ފެށިގެން ހުކުރު ދުވަހުގެ 18:00އާ ހަމައަށް ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވެފައިވާ 44 މީހުންގެ ތެރޭގައި ހިމެނެނެނީ 39 ދިވެހިންނާއި 6 ބިދޭސީންނެވެ.

މިއަދު ޕޮޒިޓިވްވި އަދަދު ތަކާއިއެކު ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދުވަނީ 10،398 އަށް އަރާފައެވެ. މިވަގުތުވެސް އައިސޮލޭޝަންގައި 516 މީހަކު ތިބިއިރު، ބަލިން މިއަދު ވަނީ 25 މީހަކު ރަނގަޅު ވެފައެވެ. ރާއްޖެއިން ރަނގަޅުވި ޖުމްލަ މީހުންގެ އަދަދަކީ 9،213 އެވެ. މިވަގުތު ރާއްޖޭގައި ކޮވިޑުން ރަނގަޅު ނުވެ ތިބީ 1،144 މީހުންނެވެ. ކޮވިޑްގައި 34 މީހަކު ވަނީ މަރުވެފަ އެވެ. މިވަގުތު ވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށް 79 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.

ރާއްޖެއިން ކޯވިޑް-19 ފެނުނުތާ 8 މަސްދުވަހާ ގާތްވެފައިވާއިރު، މިހާތަނަށް ރާއްޖެއިން ޕޮޒިޓިވެފައިވާ މީހުންގެ ޖުމުލަ ޢަދަދު މިވަނީ 10،354އަށް އަރާފައެވެ. އަދި 9187 މިހުންވަނީ ބަލިން މުޅިން ރަނގަޅުވެފައެވެ.

ވޭތުވެދިޔަ 4 މަސްދުވަހުގެ ތެރޭގައި ރާއްޖެއިން ކޯވިޑް-19 އަށް 8543 މީހަކު ޕޮޒިޓިވްވެފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކައެވެ. މި ހަތަރު މަސްދުވަހު ކޯވިޑް-19އަށް އެންމެ ގިނައިން ޕޮޒިޓިވްވެފައި ވަނީ ދިވެހިންނެވެ.

އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން ވޭތުވެދިޔަ 4 މަސްދުވަހު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 5911 ދިވެހިންނާއި 2632 ބިދޭސީންނެވެ. ވޭތުވެދިޔަ 4 މަހުގެތެރެއިން ވަކި މަސްތަކުގެ ތަފާސް ހިސާބުތަކަށް ބަލާއިރު އެންމެ ގިނަ މީހުން ޕޮޒިޓިވްވެފައިވަނީ މިދިޔަ އޮގަސްޓްމަހުގެ ތެރޭގައެވެ. އެމަހު ވަނީ ޖުމުލަ 4011 މީހަކު ޕޮޒިޓިވްވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ 3012 ދިވެހިންނާއި 999 ބިދޭސީންނެވެ. މިއީ ކޯވިޑް-19 އާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކާއި ޚާއްސަކޮށް ފުރަބަންދުގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދިން ހިސާބުންފެށިގެން އެންމެ ގިނަ މީހުން ޕޮޒިޓިވްވި މަހެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.