ހުޅުމާލެ ފޭސް 2 ގެ ހިތިގަސްމަގު ބްރިޖުމަތީގައި ދެ ކާރު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.
ފުލުހުން މައުލޫމާތު ދެއްވާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ ރޭ ދަންވަރު 02:43 ހާއިރުއެވެ. ދެ ކާރު ޖެހި ހިނގި މި ނުރައްކާތެރި އެކްސިޑެންޓްގެ ބާރުގަދަ ކަމުން، އޭގެ ތެރެއިން އެއް ކާރު ވަނީ މަގުމައްޗަށް ފުރޮޅާލާފައެވެ. ކާރަށް ބޮޑެތި ގެއްލުންތަކެއް ލިބުނު ނަމަވެސް، މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާކަމަށް ފުލުހުން ކަށަވަރުކޮށްދެއެވެ. މިހާރު ފުލުހުން ދަނީ މި އެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބުތައް ދެނެގަތުމަށްޓަކައި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ކޮމެންޓު ފޮނުވާ