މަސްތުވާތަކެތީގެ މައްސަލައެއްގައި އއ. އުކުޅަހުން 45 އަހަރުގެ ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އެރަށު ބަނަފްސާގެ، އިޝާން ޙަސަން (45އ) އެވެ. ފުލުހުން ބުނިގޮތުގައި އޭނާ އިއްޔެ ހައްޔަރުކުރީ އޭނާ ކޯޓަށް ހާޒިރުކުރުމަށް ޑްރަގް ކޯޓުން ނެރެފައިވާ އަމުރެއް ތަންފީޒުކުރުމުގެ ތެރެއިންނެވެ.
އޭނާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 45 ކަރުދާސްކޮޅު އޭނާގެ އަތުން ވަނީ ފެނިފައެވެ. މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އޭނާގެ ބަންދަށް ކޯޓުން ވަނީ 5 ދުވަހުގެ މުއްދަތެއް ދީފައެވެ. މިހާރު ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ކޮމެންޓު ފޮނުވާ