ޕޭ ފްރޭމްވޯކަށް ހިޖުރަކުރި އިދާރާތަކަށް ދިމާވި މައްސަލަތައް ހައްލުކުރަން ފަށައިފި

ޕޭ ފްރޭމްވޯކަށް ހިޖުރަކުރި އިދާރާތަކަށް ދިމާވި މައްސަލަތައް ހައްލުކުރަން ފަށައިފި

Author
ޙަސަން މުޙައްމަދު
22 އޭޕްރިލް 2026 10:17
0

ދައުލަތުގެ މުސާރަތައް އެއް ހަމަކުރުމުގެ ސިޔާސަތުގެ ދަށުން، އާ ޕޭ ފްރޭމްވޯކަށް ބަދަލުވި މުއައްސަސާތަކަށް ދިމާވެފައިވާ ގޮންޖެހުންތަކާއި ކަންބޮޑުވުންތައް ހައްލުކުރުމުގެ މަސައްކަތް ނެޝަނަލް ޕޭ ކޮމިޝަނުން ފަށައިފިއެވެ.

ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ގާނޫނުގެ ދަށުން 2025 ވަނަ އަހަރުގެ ނޮވެމްބަރު 1 ގައި ސިވިލް ސާވިސް އާއި ޝަރުއީ ދާއިރާ ވަނީ މި އޮނިގަނޑަށް ބަދަލުކޮށްފައެވެ. އޭގެ ފަހުން އިތުރު ހަ މުއައްސަސާއެއް މި ފްރޭމްވޯކްގެ ދަށަށް ގެނެސްފައިވާއިރު، މިހާރު ދައުލަތުގެ 93 އިންސައްތަ އިދާރާ ވަނީ އާ އޮނިގަނޑަށް ހިޖުރަކޮށް ނިމިފައެވެ.

މި ބަދަލާއެކު އިދާރާތަކުން ފާހަގަކޮށްފައިވާ މައްސަލަތައް ބަލައި، ކަމާގުޅޭ ފަރާތްތަކާއެކު މަޝްވަރާކޮށްގެން އަވަސް ހައްލެއް ހޯދައިދިނުމުގެ މަސައްކަތް ޕޭ ކޮމިޝަނުން ދަނީ މެދުކެނޑުމެއްނެތި ކުރަމުންނެވެ. އަދި މިހާތަނަށް މި ފްރޭމްވޯކަށް ނުވަންނަ ބާކީ ހުރި މުއައްސަސާތައް ވެސް ކުރިއަށް އޮތް ތަނުގައި މި އޮނިގަނޑަށް ބަދަލުކުރުމަށްޓަކައި ވާންޖެހޭ ފަންނީ ތައްޔާރީތައް މިހާރު އަންނަނީ ވަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.