ޙައްޖަށް ދިއުމަށް ކިއޫގައި ތިބި މީހުންގެ ޢަދަދު އިތުރުވެ ލިސްޓު ބޮޑުވި މައިގަނޑު ސަބަބަކީ ކޮވިޑް-19 އާ ގުޅިގެން އުފެދުނު ބެކްލޮގް ކަމަށް އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ، ޙައްޖު ކިއޫ ދިގުވުމަކީ ހަމައެކަނި ރާއްޖެއަށް ދިމާވެފައިވާ މައްސަލައެއް ނޫން ކަމަށެވެ. ކޮވިޑްގެ ސަބަބުން ޙައްޖަށް ނުދެވި މަޑުކުރަންޖެހުމުގެ އިތުރުން، މިހާރު ގިނަ ބަޔަކު ކުރިއާލާ ޕްލޭންކޮށްގެން ކިއޫގައި ޖެހެމުންދިއުމަކީވެސް ލިސްޓު ދިގުވާ ސަބަބެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެގޮތުން، މައިންބަފައިން އެމީހުންގެ ދަރިންގެ ނަމުގައި ކިއޫއަށް އެރުމާއި، އޮފީސްތަކުގެ މުވައްޒަފުން މުސާރައިން އުނިކުރާ ގޮތަށް ފައިސާ ދައްކަމުން ކިއޫގައި ތިބުން ފަދަ ކަންކަމަކީ އާންމުކޮށް މިހާރު ހިނގަމުންދާ ތޮބީއީ ކަންކަން ކަމަށް ވިދާޅުވިއެވެ.
މިގޮތަށް ވަކި މިންވަރެއް ދެއްކުމަށްފަހު ކިއޫގައި ތިބުމަކީ ބުއްދިވެރި ކަމެއްކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، ސައުދީން ރާއްޖެއަށް ދޭ ކޯޓާ އިތުރުކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. އަދި ކޮވިޑްގެ ކުރިން ނަން ނޯޓުކޮށްފައި ތިބި އުމުރުން ދުވަސްވީ މީހުންނަށް ޙައްޖަށް ދެވޭނެ އިންތިޒާމުތައް ސަރުކާރުން ހަމަޖައްސަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.
މީގެ އިތުރުން، ވަކި ބަޔަކަށް ޚާއްސަ އިސްކަމެއް ދީގެން ލިސްޓުން ކުރިއަށް ޖެއްސުމުގެ ބަދަލުގައި، ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ ސިޔާސަތުގެ ދަށުން ފަޤީރުންނަށް ޙައްޖަށް ދެވޭނެ ފަސޭހަ މަގުތަކެއް ސަރުކާރުން ފަހިކޮށްދެއްވަމުން ގެންދަވާކަން މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ. އަދި މިއީ ކުރީގެ ބައެއް ސަރުކާރުތަކުންވެސް ޢަމަލުކޮށްފައިވާ ގޮތްކަން އެމަނިކުފާނު ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ