ޕާޓީއަށް ވަގުތު ދެވޭނެ ބޭފުޅަކަށް ފުރުސަތު ދެއްވުމަށް ޕީއެންސީގެ އެސްޖީ ކަމުން މުއާޒު އިސްތިއުފާ ދެއްވައިފި

ޕާޓީއަށް ވަގުތު ދެވޭނެ ބޭފުޅަކަށް ފުރުސަތު ދެއްވުމަށް ޕީއެންސީގެ އެސްޖީ ކަމުން މުއާޒު އިސްތިއުފާ ދެއްވައިފި

Author
ހުސައިން
18 އޭޕްރިލް 2026 05:30
0

ސަރުކާރު ހިންގާ މައި ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުން މުއާޒު ހަލީމް މިއަދު އިސްތިއުފާ ދެއްވައިފިއެވެ.

ސޯޝަލް މީޑިއާ ޕްލެޓްފޯމް 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި މުއާޒު ވިދާޅުވީ، އޭނާ އެ މަގާމުން ދުރަށް ވަޑައިގަތީ ޕާޓީ ހިންގުން އިތުރަށް ހަރުދަނާކޮށް، ރައްޔިތުންގެ ވިންދާ އެއްގޮތަށް ޕާޓީ ބައްޓަންކުރުމަށް ރައީސުލްޖުމްހޫރިއްޔާ އަދި ޕާޓީގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށް ފުރިހަމަ އެއްބާރުލުން ދެއްވުމުގެ ގޮތުން ކަމަށެވެ. އަދި އެ މަގާމަށް އޭނާއަށް ވުރެ ފުރިހަމައަށް ވަގުތު ދެވޭނެ ބޭފުޅަކު ހުރުން މުހިންމު ކަމަށް ދެކެވަޑައިގަންނަވާ ކަމަށްވެސް މުއާޒު ވިދާޅުވިއެވެ.

ޑިފެންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވަމުން ގެންދަވާ މުއާޒު، ޕީއެންސީގެ އެސްޖީގެ މަގާމަށް އައްޔަންކުރެއްވީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ 13 ވަނަ ދުވަހުއެވެ.

މުއާޒު އިސްތިއުފާ ދެއްވާފައިވާއިރު، ރައްޔިތުންގެ އުންމީދުތަކާ އެއްގޮތަށް ކަންކަން ރަނގަޅު ކުރުމަށްޓަކައި ރައީސް މުއިއްޒު ގެންދަވަނީ ސަރުކާރާއި ޕާޓީގެ އެކި ފަންތީގެ މަގާމުތަކަށް މުހިންމު ބަދަލުތަކެއް ގެންނަވަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.