ބ. ކެންދޫ ކައުންސިލް ރައީސްގެ ސައިކަލު ވަގަށް ނަގައި ކަނޑުފައްތާލައިފި

ބ. ކެންދޫ ކައުންސިލް ރައީސްގެ ސައިކަލު ވަގަށް ނަގައި ކަނޑުފައްތާލައިފި

Author
އަހުމަދު
18 އޭޕްރިލް 2026 01:06
0

ބ. ކެންދޫ ކައުންސިލްގެ ރައީސް އިބްރާހިމް އަބްދުއްރަހްމާންގެ ސައިކަލު ވަގަށް ނަގައި، ކަނޑުފައްތާލާފައި އޮއްވާ ފެނިއްޖެއެވެ.

އޭދަފުށި ޓައިމްސް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މިދިޔަ ބުދަ ދުވަހުގެ ރޭ ހިނގި މި ހާދިސާގައި ގެއްލުނު "ސްކޫޕީ" މަރުކާގެ ސައިކަލު ފެނިފައިވަނީ ރަށުގެ އުރަފަށުން ބޭރުން ގާތްގަނޑަކަށް 10 މީޓަރު އަޑިންނެވެ. އިބްރާހިމް ވިދާޅުވި ގޮތުގައި ރަށުތެރެ ހޯދައި ސައިކަލު ނުފެނުމުން މޫދުތެރެ ބެލުމުގެ ތެރޭގައި ސައިކަލު ފެނިފައިވާއިރު، ބުރާސްފަތި ދުވަހު ވަނީ އެ ސައިކަލު ކަނޑުން ނަގާފައެވެ.

މި އަމަލަކީ ސިޔާސީ ގޮތުން ބަޔަކު ހަސަދަވެރިވެގެން ހިންގި ފިނޑި އަމަލެއް ކަމަށް އިބްރާހިމް ތުހުމަތުކުރައްވައެވެ. އޭނާ ވިދާޅުވި ގޮތުގައި އެމްޑީޕީގެ ފަރާތުން އިންތިޚާބުގައި ވާދަކުރެއްވުމާ ގުޅިގެން އުފެދުނު ސިޔާސީ ހިޔާލުތަފާތުވުންތަކުގެ ތެރެއިން ބަޔަކު ގަސްތުގައި ދިން ގެއްލުމެކެވެ.

މިހާރު މި މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވާއިރު، މިކަމުގައި ތުހުމަތުކުރެވޭ ފަރާތްތަކުގެ މައުލޫމާތާއި ނަންތައްވެސް ފުލުހުންނާ ހިއްސާކޮށްފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.