ލުބުނާނާއި އިޒްރޭލުގެ ވަގުތީ ސުލްހައަށް ރާއްޖެއިން މަރުހަބާ ކިޔައިފި

ލުބުނާނާއި އިޒްރޭލުގެ ވަގުތީ ސުލްހައަށް ރާއްޖެއިން މަރުހަބާ ކިޔައިފި

Author
ޙަސަން މުޙައްމަދު
18 އޭޕްރިލް 2026 09:49
0

ލުބުނާނާއި އިޒްރޭލާ ދެމެދު ކުރަމުންދިޔަ ހަނގުރާމަ 10 ދުވަހުގެ މުއްދަތަކަށް ވަގުތީގޮތުން މެދުކަނޑާލުމަށް ނިންމި ނިންމުމަށް ދިވެހި ސަރުކާރުން މަރުހަބާ ކިޔައިފިއެވެ.

ރާއްޖޭގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިއީ އެ ސަރަހައްދުގައި އުފެދިފައިވާ ހަމަނުޖެހުންތަކާއި ނުތަނަވަސްކަން ކުޑަކުރުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި މި ސުލްހައިގެ އެއްބަސްވުމަށް އައުމުގައި އެމެރިކާއިން އަދާކުރި މުހިންމު ދައުރު ފާހަގަކޮށް، ސަރަޙައްދީ ހަމަޖެހުން ގާއިމުކުރުމަށް ބައިނަލްއަގުވާމީ މުޖުތަމައުން ކުރަމުންދާ މަސައްކަތްތަކަށް ރާއްޖެއިން ފުރިހަމައަށް ތާއީދުކުރާކަން އެ ބަޔާނުގައި ވަނީ ހާމަކޮށްފައެވެ.

ފާއިތުވި ހަ ހަފުތާއެއްހާ ދުވަހު ލުބުނާންގެ ހިޒްބުﷲ ޖަމާއަތާއި އިޒްރޭލާ ދެމެދު ބަދަލުކުރެވުނު ވަރުގަދަ ހަމަލާތަކުގައި ލުބުނާނުން އެކަނިވެސް 2،100 އަށްވުރެ ގިނަ މީހުން ވަނީ މަރާލާފައެވެ. މި ވަގުތީ ސުލްހައާއެކު އެ ސަރަހައްދުގެ އާންމުންނަށް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބިގެންދާނެކަމަށް ބެލެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.