މަސްތުވާތަކެއްޗާއި ޖުވާކުޅުމުގެ ތުހުމަތުގައި 38 ބިދޭސީއަކު އިމިގްރޭޝަނާ ހަވާލުކޮށްފި

މަސްތުވާތަކެއްޗާއި ޖުވާކުޅުމުގެ ތުހުމަތުގައި 38 ބިދޭސީއަކު އިމިގްރޭޝަނާ ހަވާލުކޮށްފި

Author
ހުސައިން
18 އޭޕްރިލް 2026 12:18
0

މަސްތުވާތަކެތި ބޭނުންކުރުމާއި ޖުވާކުޅުން ފަދަ ގާނޫނާ ހިލާފު އަމަލުތަކެއް ހިންގިކަމުގެ ތުހުމަތުގައި 38 ބިދޭސީއަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.

ފުލުހުން މައުލޫމާތު ދިން ގޮތުގައި ބަންގްލަދޭޝްއަށް ނިސްބަތްވާ މި 38 ފިރިހެނުން އަތުލައިގަނެފައިވަނީ، ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން އޭޕްރީލް 16 ވަނަ ދުވަހު ހިންގި ހާއްސަ އޮޕަރޭޝަނެއްގެ ތެރެއިންނެވެ. މި އޮޕަރޭޝަން ހިންގާފައިވަނީ އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ގުޅިގެންނެވެ.

މި މައްސަލައިގައި ހައްޔަރުކުރި އެންމެން ވެސް އިމިގްރޭޝަން ގާނޫނުގެ ދަށުން ރާއްޖެއިން ޑީޕޯޓުކޮށްލުމަށްޓަކައި މިހާރު ވަނީ މޯލްޑިވްސް އިމިގްރޭޝަނާ ހަވާލުކޮށްފައެވެ.

ފަހަކަށް އައިސް ރާއްޖޭގައި އުޅޭ ބިދޭސީންގެ ފަރާތުން މިފަދަ އިޖުތިމާއީ މިންގަނޑުތަކާއި ގާނޫނާ ހިލާފު ކަންކަން ފެންނަ މިންވަރު ވަނީ އިތުރުވެފައެވެ. މިކަންކަން ހުއްޓުވުމަށް ސަރުކާރުން އަންނަނީ ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން، ޖުވާ ކުޅުމާއި އެފަދަ ތަންތަން ހިންގުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށްޓަކައި ދިވެހިރާއްޖޭގެ ގާނޫނުލް އުގޫބާތަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމުގެ މަސައްކަތްވެސް ސަރުކާރުން މިހާރު ދަނީ ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.