ބާސެލޯނާ، ސްޕެއިން (އޭޕީ) — އާޖެންޓީނާގެ ސުޕަރސްޓާރ ލިއޮނަލް މެސީ، ބާސެލޯނާއަށް ނިސްބަތްވާ ޔޫއީ ކޯނެލާ ގަތުމަށްފަހު، އޭނާ ވަނީ ސްޕެއިންގެ ފަސްވަނަ ޑިވިޝަނުގެ ފުޓުބޯޅަ ކްލަބެއްގެ ވެރިޔާއަށް ވެފައެވެ.
މެސީ އަކީ އެފްސީ ބާސެލޯނާގައި އޭނާ ހޭދަކުރި ވިހި އަހަރުގެ ތެރޭގައި އެ ޖީލުގެ އެންމެ މޮޅު ކުޅުންތެރިޔާއެވެ. 2021 ވަނަ އަހަރު ކްލަބް ދޫކޮށްލުމުގެ ކުރިން އޭނާ ވަނީ ގިނަ ތަށިތަކަކާއި ބެލޮންޑޯ އެވޯޑްތައް ކާމިޔާބުކޮށްފައެވެ.
ކޯނެލާ އަކީ އާދައިގެ މަސައްކަތްތެރިން ދިރިއުޅޭ ސަރަޙައްދެއްގައި އޮންނަ އާދައިގެ ކްލަބެކެވެ. މި ކުލަބު ގަތުމުގެ އިތުރު ތަފްސީލެއް ނުދީ، ކްލަބުން މި އެއްބަސްވުން އިއުލާންކުރީ ބުރާސްފަތި ދުވަހުއެވެ.
"ލިއޯ މެސީ އައުމަކީ ކްލަބުގެ ތާރީޚުގައި އައު ބާބެއްގެ ފެށުން،" ކްލަބުން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ. "މި ޕްރޮޖެކްޓް ކުރިއަށްގެންދަނީ ދުރު ރާސްތާގެ ތަސައްވުރަކާއި، އުންމީދާއި، ދެމެހެއްޓެނިވިކަމާއި، އަދި ރަށުގެ އަސްލުތަކާ އޮންނަ ވަރުގަދަ ގުޅުން އެކުލެވޭ ސްޓްރެޓީޖިކް ޕްލޭނެއްގެ ދަށުންނެވެ."
1951 ވަނަ އަހަރު އުފެދުނު ކޯނެލާ އިން ވަނީ އާސެނަލްގެ ގޯލްކީޕަރު ޑޭވިޑް ރާޔާ އަދި ބާސެލޯނާގެ ކުރީގެ ޑިފެންޑަރު ޖޯޑީ އަލްބާ ފަދަ ކުޅުންތެރިން އުފެއްދުމަށް އެހީތެރިވެދީފައެވެ. ޖޯޑީ އަލްބާ އަކީ އިންޓަރ މިއާމީގައި މެސީއާއެކު ވެސް ކުޅުނު ކުޅުންތެރިއެކެވެ.
އުމުރުން 38 އަހަރުގައި މެސީގެ އަމާޒަކީ، އާޖެންޓީނާއިން ތަށި ދިފާޢުކުރާނެ، މި ހޫނު މޫސުމުގައި އުތުރު އެމެރިކާގައި އޮންނަ ވޯލްޑް ކަޕްގައި ވާދަކުރުމެވެ.
ކޮމެންޓު ފޮނުވާ