މިޔަރު ހަމަލާދިން ފަތުރުވެރިޔާގެ ފައި ބުރިކޮށްލައިފި، ނަމަވެސް ހާލު ރަނގަޅު

މިޔަރު ހަމަލާދިން ފަތުރުވެރިޔާގެ ފައި ބުރިކޮށްލައިފި، ނަމަވެސް ހާލު ރަނގަޅު

Author
ހުސައިން
17 އޭޕްރިލް 2026 11:56
0

ހަނީމޫން ހޭދަކުރުމަށް ރާއްޖެ އައިސް އުޅެނިކޮށް، ގއ. ކޫއްޑޫ ކައިރިން މިޔަރެއް ހަމަލާދިނުމުގެ ސަބަބުން ފައި ބުރިކޮށްލަން ޖެހުނު ސްޕެއިންގެ ފަތުރުވެރިޔާގެ ހާލު މިހާރު ރަނގަޅު ކަމަށް އޭޑީކޭ ހޮސްޕިޓަލުން ހާމަކޮށްފިއެވެ.

މި މަހުގެ 11 ވަނަ ދުވަހު ހިނގި މި ހިތާމަވެރި ހާދިސާގައި އަނިޔާވެފައިވަނީ އަންހެނުންގެ ހާއްސަ ޑޮކްޓަރެއް ކަމަށްވާ "ބޯޖާ" އަށެވެ. ބައިނަލްއަގުވާމީ މީޑިއާތަކުން މައުލޫމާތު ދޭގޮތުގައި އޭނާ ރާއްޖެ ޒިޔާރަތްކުރީ އޭނާގެ އަންހެނުން "އަނާ" އާއެކު ހަނީމޫން ފާހަގަކުރުމަށެވެ.

ރިޕޯޓުތައް ބުނާގޮތުން ބޯޖާއަށް މިޔަރު ހަމަލާދީފައިވަނީ ގިނަ އަދަދަކަށް މިޔަރު އުޅޭ ކޫއްޑޫ މަސް ފެކްޓަރީ ކައިރިއަށް މޫދަށް އެރި އުޅެނިކޮށެވެ. މި ހަމަލާގައި އޭނާގެ ކަކުލުން ފެށިގެން ތިރިއަށް މަސްގަނޑު އެއްކޮށް ވީދައިގެން ގޮސްފައިވާއިރު، އެންމެ ފުރަތަމަ ފަރުވާދީފައިވަނީ ގއ. އަތޮޅު ހޮސްޕިޓަލުގެ އައިސީޔޫގައެވެ. އޭގެ ފަހުން އޭޑީކޭ ހޮސްޕިޓަލަށް ބަދަލުކޮށް އިތުރު ފަރުވާ ދީފައިވާއިރު، ލިބުނު އަނިޔާގެ ބޮޑުކަމުން އޭނާގެ އެއް ފައި ވަނީ ބުރިކޮށްލާފައެވެ.

އެ ސަރަހައްދަށް މަހުގެ ބާވަތްތައް ނާޅާތާ ހަފްތާއެއްހާ ދުވަސް ވެފައިވުމުން، މިޔަރު ހަމަލާދިނީ ބަނޑުހައިވެފައި އޮތުމުގެ ސަބަބުން ކަމަށް ބައެއް މަސްދަރުތަކުން ލަފާކުރެއެވެ. މި ހާދިސާއާ ގުޅިގެން ފުލުހުން އަންނަނީ ބަލަންޖެހޭ ކަންކަން ބަލައި، ފޯރުކޮށްދޭންޖެހޭ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.