ކަނޑުމަތީގައި ހާލުދެރަވި ދެ ބިދޭސީއަކަށް އެމްއެންޑީއެފުން އެހީތެރިކަން ފޯރުކޮށްދީފި

ކަނޑުމަތީގައި ހާލުދެރަވި ދެ ބިދޭސީއަކަށް އެމްއެންޑީއެފުން އެހީތެރިކަން ފޯރުކޮށްދީފި

Author
ހުސައިން
14 އޭޕްރިލް 2026 10:03
0

ކަނޑުމަތީގައި ދަތުރުކުރަމުންދިޔަ ދެ އުޅަނދެއްގައި ތިބި ދެ ބިދޭސީއެއްގެ ހާލު ދެރަވެގެން، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑް ފޯތު ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

މިގޮތުން، މެލޭޝިއާއިން ފުރައިގެން ނެދަލޭންޑަށް ދަތުރުކުރަމުންދިޔަ "ހަނޮއި އެކްސްޕްރެސް" ނަމަކަށް ކިޔާ ކޮންޓެއިނަރ ކެރިއަރެއްގައި ހުރި ފިލިޕީންސްގެ އުމުރުން 36 އަހަރުގެ ރައްޔިތެއްގެ ހާލު ދެރަވެގެން އެހީތެރިކަމަށް އެދިފައިވަނީ މި މަހުގެ 13 ވަނަ ދުވަހުގެ ރޭގައެވެ. ކޯސްޓްގާޑުގެ އެހީތެރިކަމާއެކު މި ފަސިންޖަރު ވަނީ އިތުރު ފަރުވާއަށް ހޮސްޕިޓަލަށް ގެންގޮސްދީފައެވެ.

މީގެ އިތުރުން، އިއްޔެ ހެނދުނުގެ ވަގުތެއްގައި ވެސް ކޯސްޓްގާޑުން ވަނީ ހަމަ މިފަދަ އެހީތެރިކަމެއް ފޯރުކޮށްދީފައެވެ. އެއީ ޕެނަމާއިން ފުރައިގެން ސީޝެލްސްއަށް ދަތުރުކުރަމުންދިޔަ ފަސިންޖަރ ލައިނަރ "އެމްއެސްސީ މެގްނިފިކާ" ގައި ހުރި ފަރަންސޭސިވިލާތުގެ 78 އަހަރުގެ މީހެއްގެ ހާލު ދެރަވެގެންނެވެ. މި ހާދިސާގައި ވެސް ކޯސްޓްގާޑު ފޯތު ސްކޮޑްރަންއިން ވަނީ ހަރަކާތްތެރިވެ، ބަލިމީހާ ހޮސްޕިޓަލަށް ގެންދިއުމުގެ ކަންކަން ހަމަޖައްސައިދީފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.