ފޯޅަވަހި މޮރިޝަސްއާ ހަވާލުކުރުން މަޑުޖައްސާލުމުން ދިވެހި ސަރުކާރުން މަރުހަބާ ކިޔައިފި

ފޯޅަވަހި މޮރިޝަސްއާ ހަވާލުކުރުން މަޑުޖައްސާލުމުން ދިވެހި ސަރުކާރުން މަރުހަބާ ކިޔައިފި

Author
ޙަސަން މުޙައްމަދު
13 އޭޕްރިލް 2026 03:55
0

ޗާގޯސް (ފޯޅަވަހި) މޮރިޝަސްއާ ހަވާލުކުރުމުގެ މަރުހަލާ މަޑުޖައްސާލުމަށް އިނގިރޭސި ސަރުކާރުން ނިންމި ނިންމުމަށް ދިވެހިރާއްޖެއިން މިއަދު މަރުހަބާ ކިޔައިފިއެވެ.

މިކަމާ ގުޅިގެން ރާއްޖޭގެ ފޮރިން މިނިސްޓްރީން އާންމުކުރި ބަޔާނެއްގައި ބުނެފައިވަނީ، މިއީ ރާއްޖެއާއެކު އަލުން މަޝްވަރާތައް ފެށުމަށް ހުޅުވިގެންދިޔަ މުހިންމު ފުރުސަތެއް ކަމަށެވެ. ފޯޅަވަހީގެ މިލްކުވެރިކަމުގެ މައްސަލައިގައި ރާއްޖެއިން ވަރަށް ބޮޑަށް ޝައުގުވެރިކަން ފާޅުކޮށްފައިވާއިރު، ރާއްޖޭގެ ހައްގުތަކަށް އިހުތިރާމުކުރުމަށް އެ ބަޔާނުގައި އިނގިރޭސިވިލާތަށް ވަނީ ގޮވާލާފައެވެ.

މީގެ އިތުރުން، ބައިނަލްއަގުވާމީ ގާނޫނުތަކުގެ ތެރެއިން އިންޑިއާ ކަނޑުގެ ސަރަހައްދީ ހަމަޖެހުން ގާއިމުކުރުމަށް މަސައްކަތްކޮށްދިނުމަށް ވެސް ދިވެހި ސަރުކާރުން ވަނީ އެދިފައެވެ. އިނގިރޭސިވިލާތުން މި މަސައްކަތް މަޑުޖައްސާލާފައި މިވަނީ، ޗާގޯސް މޮރިޝަސްއާ ހަވާލުކުރުމަށް އެކުލަވާލާފައިވާ އެއްބަސްވުން ބަލައިނުގަންނާނެކަން ރާއްޖެއިން ރަސްމީކޮށް އެ ގައުމަށް އަންގާފައި ވަނިކޮށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.