މާފަންނު ގެއެއްގެ މަތިން މީހަކު ވެއްޓި، އައިޖީއެމްއެޗްގައި ފަރުވާދޭން ފަށައިފި

މާފަންނު ގެއެއްގެ މަތިން މީހަކު ވެއްޓި، އައިޖީއެމްއެޗްގައި ފަރުވާދޭން ފަށައިފި

Author
ޙަސަން މުޙައްމަދު
09 އޭޕްރިލް 2026 08:11
0

މާލޭގެ މާފަންނު ސަބުދެލިމަގުގައި ހުންނަ ގެއެއްގެ މަތިން މިއަދު އިރުއޮއްސުނު ވަގުތު މީހަކު ވެއްޓިއްޖެއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މި ހާދިސާގެ ރިޕޯޓު އެ އިދާރާއަށް ލިބިފައިވަނީ މިއަދު 18:20 ހާއިރު ކަމަށެވެ. މި ހާދިސާގައި ވެއްޓުނު މީހާ ވަގުތުން އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސް މިހާރު އަންނަނީ ފަރުވާދެމުންނެވެ. ނަމަވެސް އެމީހާއަށް ލިބިފައިވާ އަނިޔާގެ ސީރިއަސްކަމުގެ ތަފްސީލެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށްޓަކައި ފުލުހުން މިހާރު އަންނަނީ މި މައްސަލަ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.

ތަފްސީލު އަންނަނީ..

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.