މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން އަޅާ ފިޔަވަޅުތަކުން ރައްޔިތުންނަށް ބުރައެއް ނުޖެހޭނެކަމުގެ ޔަގީންކަން ދީފި

މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން އަޅާ ފިޔަވަޅުތަކުން ރައްޔިތުންނަށް ބުރައެއް ނުޖެހޭނެކަމުގެ ޔަގީންކަން ދީފި

Author
ޙަސަން މުޙައްމަދު
07 އޭޕްރިލް 2026 06:31
0

މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ދައުލަތުގެ ހަރަދުތައް ކުޑަކުރި ނަމަވެސް، އޭގެ ސަބަބުން އާންމު ރައްޔިތުންނަށް އެއްވެސް ބުރައެއް ނުޖެހޭނެކަމުގެ ޔަގީންކަން ސަރުކާރުން ދީފިއެވެ.

ހަނގުރާމައިގެ ހާލަތާ ގުޅިގެން އެކުލަވާލާފައިވާ ވަޒީރުންގެ ކޮމިޓީން މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވީ، ހަރަދު ކުޑަކުރުމުގެ ގޮތުން ގޭބީސީތަކުން ކަރަންޓު ކެނޑުން ފަދަ އެއްވެސް ކަމެއް ކުރުމަށް ސަރުކާރުން ނުވިސްނާ ކަމަށެވެ. ސަރުކާރުގެ މުޅި ސިޔާސަތު ބިނާކޮށްފައިވަނީ ހަރަދު ކުޑަކުރި ކަމުގައިވިޔަސް، އޭގެ ސަބަބުން އެއްވެސް ދިވެހި ރައްޔިތަކަށް ތަކުލީފެއް އުފުލަން ނުޖެހޭނެ ފަދަ ގޮތަކަށް ކަންކަން އިންތިޒާމުކުރުމުގެ މައްޗަށް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ހަރަދު ކުޑަކުރުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން، ކޮންމެހެން ކުރަންޖެހޭ މުހިންމު ދަތުރުތައް ފިޔަވައި ދައުލަތުގެ ހަރަދުގައި ކުރާ އެހެނިހެން ދަތުރުތައް ނުކުރުމަށް ފިނޭންސް މިނިސްޓްރީން މިހާރު ވަނީ އަންގާފައެވެ. މިނިސްޓަރު ހަލީލް ވިދާޅުވި ގޮތުގައި ސަރުކާރުގެ މައިގަނޑު އަމާޒަކީ ސަރުކާރު ހިންގުމުގެ ނިޒާމުގެ ތެރެއިން އިސްރާފު ކުޑަކޮށް، އާންމުންގެ ދިރިއުޅުމަށް އޭގެ ބުރަ ބޮޑު ނުވާނެހެން ފިޔަވަޅުތައް ބައްޓަންކުރުމެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.