މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ހުރެ ރާއްޖެއަށް އަންނަ ފްލައިޓްތައް ރެކޯޑް މިންވަރަކަށް ކެންސަލްވެއްޖެ

މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ހުރެ ރާއްޖެއަށް އަންނަ ފްލައިޓްތައް ރެކޯޑް މިންވަރަކަށް ކެންސަލްވެއްޖެ

Author
ޙަސަން މުޙައްމަދު
07 އޭޕްރިލް 2026 06:26
0

ގަލްފު ޤައުމުތަކުގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން، ރާއްޖެއަށް ދަތުރުކުރާ ފްލައިޓްތައް ރެކޯޑް މިންވަރަކަށް ކެންސަލްވެ، ފަތުރުވެރިކަމަށް ބޮޑު ހީނަރުކަމެއް އަތުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓޫރިޒަމް މިނިސްޓަރު ތޯރިގް އިބްރާހިމް ވިދާޅުވީ، މެދުއިރުމަތީގެ މަސްރަޙު ގޯސްވުމުގެ ސަބަބުން މިދިޔަ މަހު އެކަނިވެސް 525 ފްލައިޓް ކެންސަލްވެފައިވާ ކަމަށެވެ. މިއީ އެވްރެޖްކޮށް ބަލާނަމަ ދުވާލަކަށް 20 ފްލައިޓެވެ. އެމެރިކާއާއި އިޒްރޭލުން އިސްވެ އީރާނާ ދެކޮޅަށް ފަށާފައިވާ ހަނގުރާމަ ދިގުލައިގެން ގޮސްފައިވާއިރު، ރާއްޖެއަށް އަންނަ ފަތުރުވެރިންގެ 30 އިންސައްތައަކީ އެ ސަރަޙައްދާ ގުޅިފައިވާ މީހުންނަށް ވުމުން، އެތައް ހާސް ފަތުރުވެރިންނަކަށް ރާއްޖެ ނާދެވި މި ސިނާޢަތަށް ވަނީ ވަރަށް ބޮޑަށް އަސަރުކޮށްފައެވެ.

މިކަމުން އަރައިގަތުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، މިހާރު ކެންސަލްވާ ފްލައިޓްތަކުގެ ނިސްބަތް ދުވާލަކު 16 އަށް ތިރިކުރެވިފައިވާ ކަމަށެވެ. އެހެންނަމަވެސް، މިއީ އަދިވެސް ކަންބޮޑުވާންޖެހޭ މިންވަރެއްކަން ފާހަގަކުރައްވައި، ފަތުރުވެރިކަމަށް ލިބެމުންދާ ގެއްލުންތައް ފޫބެއްދުމަށް ކެނޑިނޭޅި މަސައްކަތް ކުރައްވަމުން ގެންދަވާކަމުގެ ޔަޤީންކަން މިނިސްޓަރު ވަނީ ދެއްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.