އެޗްޑީސީގެ ޑީއެމްޑީ އަސްބާޙް އާއި ސަރުކާރުގެ އިތުރު ކުންފުނިތަކެއްގެ ވެރިން މަގާމުން ވަކިކޮށްފި

އެޗްޑީސީގެ ޑީއެމްޑީ އަސްބާޙް އާއި ސަރުކާރުގެ އިތުރު ކުންފުނިތަކެއްގެ ވެރިން މަގާމުން ވަކިކޮށްފި

Author
ޙަސަން މުޙައްމަދު
06 އޭޕްރިލް 2026 07:47
0

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި މުޙައްމަދު އަސްބާޙް ޢަލީ ނަޞީރުގެ އިތުރުން ސަރުކާރުގެ ބައެއް އެހެން ކުންފުނިތަކުގެ އިސްވެރިން މިއަދު މަގާމުން ވަކިކޮށްފިއެވެ.

ސަރުކާރުން މިކަން ޔަގީންކޮށްދީފައިވާއިރު، އަސްބާޙް އެޗްޑީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަނުކުރައްވާފައިވަނީ 2025 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 3 ވަނަ ދުވަހުއެވެ. އޭނާ އެ މަގާމުން ވަކިކުރެއްވި ވަކި ސަބަބެއް ސަރުކާރުން އަދި ހާމަކޮށްފައެއް ނުވެއެވެ.

އަސްބާޙްގެ އިތުރުން މިއަދު މަގާމުން ވަކިކުރެއްވި ސަރުކާރު ކުންފުނިތަކުގެ އިސްވެރިންގެ ތެރޭގައި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރާއި އެގްރޯ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ވެސް ހިމެނިވަޑައިގަންނަވައެވެ. މި ބަދަލުތަކަކީ ސަރުކާރުގެ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށްޓަކައި ގެންނަމުންދާ ބަދަލުތަކެއް ކަމަށް ބެލެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.