ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު ދެ ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އަތުލައިގަނެފިއެވެ.
ކަސްޓަމްސްއިން ހާމަކޮށްފައިވާ ގޮތުގައި، މިދިޔަ ހޯމަ ދުވަހު ވައިގެ މަގުން ރާއްޖެ ގެނައި މި ތަކެތި ތަހުލީލުކުރި އިރު ވަނީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ 'ހަޝިޝް އޮއިލް' އަށް ޕޮޒިޓިވްވެފައެވެ. އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބަރުދަނުގައި ޖުމްލަ 2،174 ގްރާމް ހުރިއިރު، މީގެ މަގުމަތީ އަގު 1.7 މިލިއަން ރުފިޔާއަށްވުރެ މައްޗަށް އަރާނެކަމަށް އެ އިދާރާއިން ލަފާކުރެއެވެ.
މިފަދަ ބޮޑު އަތުލައިގަތުމެއް ކަސްޓަމްސްއިން ހިންގާފައިވާއިރު، މިދިޔަ މާޗު މަހުގެ ތެރޭގައިވެސް އެ އިދާރާއިން ވަނީ ރާއްޖެ އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ ހަޝިޝް އޮއިލް ހިފަހައްޓާފައެވެ. އެފަހަރު އަތުލައިގަތް 6،590 ގްރާމްގެ މަސްތުވާތަކެތީގެ މަގުމަތީ އަގު 5.2 މިލިއަން ރުފިޔާއަށް އަރާކަމަށް ކަސްޓަމްސްއިން އޭރު ވަނީ ބުނެފައެވެ.
ކޮމެންޓު ފޮނުވާ