ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ ކުރީގެ މެންބަރު މޫސާ ރަމީޒް އަވަހާރަވެއްޖެ

ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ ކުރީގެ މެންބަރު މޫސާ ރަމީޒް އަވަހާރަވެއްޖެ

Author
ޙަސަން މުޙައްމަދު
05 އޭޕްރިލް 2026 09:23
0

ދިވެހިރާއްޖޭގެ އިދާރީ ހިންގުމުގެ ދާއިރާގަޔާއި ރައްޔިތުންގެ ޚާއްސަ މަޖިލީހުގައި ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތްކުރެއްވި ށ. ކޮމަންޑޫ، މޫސާ ރަމީޒް މިއަދު އަވަހާރަވެއްޖެއެވެ. އަވަހާރަވިއިރު އޭނާގެ އުމުރުފުޅަކީ 72 އަހަރެވެ.

މޫސާ ރަމީޒް އަވަހާރަވުމުގެ ހިތާމައިގައި ބައިވެރިވެވަޑައިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މަރުޙޫމްގެ އާއިލާއަށާއި ށ. އަތޮޅުގެ އެންމެހާ ރައްޔިތުންނަށް ތައުޒިޔާ ފޮނުއްވާފައެވެ. ރަމީޒަކީ ރާއްޖޭގެ އަތޮޅުތަކާއި ރަށްތައް ހިންގުމުގެ ދާއިރާގައި ދިގު މުއްދަތަކަށް ފާހަގަކޮށްލެވޭ ފަދަ އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެއްކަން ރައީސްގެ ތައުޒިޔާގެ މެސެޖުގައި ފާހަގަކުރައްވާފައިވެއެވެ.

މަރުޙޫމް މޫސާ ރަމީޒަކީ ދައުލަތުގެ އެކި ފެންވަރުގެ މަޤާމުތަކުގައި މުހިންމު މަސައްކަތްތަކެއް ކޮށްދެއްވާފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ. އެގޮތުން ރައްޔިތުންގެ ޚާއްސަ މަޖިލީހުގައި ށ. އަތޮޅު ތަމްސީލުކުރެއްވުމުގެ އިތުރުން، އޭނާ ވަނީ ށ. އަތޮޅުގެ އަތޮޅުވެރިކަމާއި ފުވައްމުލަކުގެ އަތޮޅުވެރިކަންވެސް ކުރައްވާފައެވެ. މީގެ އިތުރުން، ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ސަރުކާރުގައި މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ ސީނިއަރ ޕޮލިސީ އެގްޒެކެޓިވްގެ މަޤާމުވެސް އޭނާ ވަނީ ފުރުއްވާފައެވެ.

މޫސާ ރަމީޒްގެ މައްޗަށް ކަށުނަމާދު ކުރުން އޮންނާނީ ފަތިސް ނަމާދަށްފަހު، ހުޅުމާލޭ ސަހަރާ މިސްކިތުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.