584 ވޯޓު ފޮށި ބަންދުކޮށްފި، އަދިވެސް ހަތަރު ފޮއްޓެއްގައި ވޯޓުލުން ކުރިއަށް

584 ވޯޓު ފޮށި ބަންދުކޮށްފި، އަދިވެސް ހަތަރު ފޮއްޓެއްގައި ވޯޓުލުން ކުރިއަށް

Author
ޙަސަން މުޙައްމަދު
04 އޭޕްރިލް 2026 09:08
0

މިއަދު ކުރިއަށްދާ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ އިތުރުން ފެންނަ ނުފެންނަ ވޯޓުގެ ތެރެއިން ގިނަ ފޮށިތައް ބަންދުކޮށްފިއެވެ. ނަމަވެސް އަދިވެސް ހަތަރު ފޮއްޓެއްގައި ވޯޓުލުން ކުރިއަށްދާކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ހާމަކޮށްފައެވެ.

މި އިންތިޚާބުތަކުގައި މުޅި ރާއްޖޭގައި ޖުމްލަ 588 ވޯޓު ފޮށި ބަހައްޓާފައިވާއިރު، މިރޭ 8:45 އާ ހަމައަށް 584 ފޮށި ވަނީ ބަންދުކޮށްފައެވެ. އީސީން މައުލޫމާތުދޭ ގޮތުގައި އޭގެ ތެރެއިން 490 ފޮއްޓެއްގެ ވޯޓު ގުނުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. ވޯޓުލުމަށް ކަނޑައަޅާފައިވާ ރަސްމީ ވަގުތު ހަވީރު 5:00 އަށް ހަމަވެ ކިޔޫ ބަންދުކުރި ނަމަވެސް، ކިޔޫގައި ގިނަ ބަޔަކު ތިބުމުގެ ސަބަބުން ބައެއް ފޮށިތަކުގެ ވޯޓުލުން ނިމި ފޮށިތައް ބަންދުކުރެވުނީ އިރުއޮއްސި 6:00 ވެސް ޖެހިފަހުންނެވެ.

މި އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ޖުމްލަ 294،876 މީހަކަށް ލިބިފައިވެއެވެ. އީސީން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު އޭގެ ތެރެއިން 109،167 މީހުން ވޯޓުލާފައެއް ނުވެއެވެ. މީގެ އިތުރުން، ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްކޮށްލުމާމެދު ގޮތެއް ނިންމުމަށް ނެގި ފެންނަ ނުފެންނަ ވޯޓުގެ މިހާތަނަށް ލިބިފައިވާ މަދު ނަތީޖާތަކުން ދައްކާގޮތުގައި، ގިނަ ބަޔަކު ވަނީ އެކަން އެގޮތަށް ކުރުމަށް ނުފެންނަ ކަމަށް ވޯޓުދީފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.