ލިބިފައިވާ ގާނޫނީ ޙައްގުގެ ބޭނުންހިފައި، އެންމެންވެސް ވޯޓުލުމުގައި ބައިވެރިވުމަށް ރައީސް އިލްތިމާސް ކުރައްވައިފި

ލިބިފައިވާ ގާނޫނީ ޙައްގުގެ ބޭނުންހިފައި، އެންމެންވެސް ވޯޓުލުމުގައި ބައިވެރިވުމަށް ރައީސް އިލްތިމާސް ކުރައްވައިފި

Author
އައިޝަތު އަޙްމަދު
04 އޭޕްރިލް 2026 09:47
0

ރައްޔިތުންނަށް ލިބިފައިވާ ގާނޫނީ ޙައްގުގެ ބޭނުންހިފައި، އެންމެންވެސް ވޯޓުލުމުގައި ބައިވެރިވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިލްތިމާސްކުރައްވައިފިއެވެ.

އެމަނިކުފާނު މިކަމަށް އިލްތިމާސްކުރެއްވީ، ލޯކަލް ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބާއި، ރިޔާސީ އިންތިޚާބުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމާމެދު ފެންނަ ގޮތެއް ނިންމުމަށް މިއަދު ނަގާ ވޯޓުގައި ބައިވެރިވެވަޑައިގަތުމަށް ފަހުގައެވެ.

ތާޖުއްދީން ސްކޫލުގައި ބަހައްޓާފައިވާ މާފަންނު ދެކުނު ދާއިރާގެ ވޯޓު ފޮއްޓަށް ވޯޓުލެއްވުމަށްފަހު މީޑިއާތަކާ ވާހަކަފުޅުދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، ވޯޓު ލުމަކީ ކޮންމެ ރައްޔިތަކަށްމެ ލިބިފައިވާ އަސާސީ އަދި ޤާނޫނީ ޙައްޤެއް ކަމަށެވެ. އެހެންކަމުން، އެ ޤާނޫނީ ހައްގު އަދާކުރުމުގެ ގޮތުން މިއަދުގެ ވޯޓުގައި ހުރިހާ ރައްޔިތުންވެސް ބައިވެރިވުމަށް އެމަނިކުފާނު ވަނީ އެދިވަޑައިގެންފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.