މާލޭ ނޯތު ހާބަރުގައި އޮތް ހއ. އަތޮޅަށް ދަތުރުކުރާ ބޯޓެއްގެ ފަޅުވެރިންތަކެއް ހާލު ދެރަވެ، ޚަބަރު ހުސްވެގެން ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭން ފަށައިފިއެވެ.
ފުލުހުންނަށް މި ހާދިސާގެ ރިޕޯޓު ލިބިފައިވަނީ މިއަދު ހެނދުނު 6:35 ހާއިރުއެވެ. ޚަބަރު ހުސްވެފައި ވަނިކޮށް ފެނިފައިވަނީ އެ ބޯޓުގައި މަސައްކަތްކުރާ ހަތަރު ބިދޭސީ ފިރިހެނުންނާއި ދިވެހި ފިރިހެނެކެވެ. މި ފަސް މީހުންނަށް މިހާރު އައިޖީއެމްއެޗްގައި އަންނަނީ ފަރުވާދެމުންނެވެ.
އެނގިފައިވާ ގޮތުގައި މި މީހުންނަކީ މާލެއާއި ހއ. އަތޮޅުގެ ރަށްތައް ކަމަށްވާ ފިއްލަދޫ، ކެލާ، ވަށަފަރު، ދިއްދޫ އަދި އުތީމާ ދެމެދު މުދާ އުފުލާ "ޑީއެމްއެމްއޭ އެކްސްޕްރެސް 5″ ނަމަކަށް ކިޔާ ބޯޓެއްގެ ފަޅުވެރިންނެވެ. މި މައްސަލަ ފުލުހުން މިހާރު އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ކޮމެންޓު ފޮނުވާ