ޕާޓީގެ ކެންޑިޑޭޓުންނާ ދެކޮޅަށް މަސައްކަތްކުރުމުން އެމްޑީޕީ ވިލިނގިލި ދާއިރާގެ ނައިބު ރައީސް ސަސްޕެންޑްކޮށްފި

ޕާޓީގެ ކެންޑިޑޭޓުންނާ ދެކޮޅަށް މަސައްކަތްކުރުމުން އެމްޑީޕީ ވިލިނގިލި ދާއިރާގެ ނައިބު ރައީސް ސަސްޕެންޑްކޮށްފި

Author
އަހުމަދު
02 އޭޕްރިލް 2026 07:56
0

އިދިކޮޅު އެމްޑީޕީގެ ވިލިނގިލި ދާއިރާގެ ނައިބު ރައީސްކަމުގެ މަގާމުގައި ހުންނެވި އަމީޒް ހަސަން، ޕާޓީގެ މަސްއޫލިއްޔަތުތަކުންނާއި ހަރަކާތްތަކުން ވަގުތީގޮތުން ސަސްޕެންޑްކޮށްފިއެވެ.

އެމްޑީޕީން މިއަދު އާންމުކުރި ބަޔާނެއްގައި ހާމަކޮށްފައިވާ ގޮތުގައި، އަމީޒް މަގާމުން އެކަހެރިކޮށްފައިވަނީ އެ ދާއިރާގައި ވާދަކުރާ ޕާޓީގެ ކެންޑިޑޭޓުންނާ ދެކޮޅަށް އޭނާ މަސައްކަތްކުރައްވާ ކަމަށް ބުނެ ހުށަހެޅިފައިވާ މައްސަލައެއްގެ ތަހުގީގު ކުރިއަށްދާތީއެވެ. އެހެންކަމުން، މި މައްސަލަ ބަލައި ވަކި ގޮތެއް ކަނޑައެޅެންދެން އޭނާ ޕާޓީގެ އެއްވެސް ހަރަކާތެއްގައި ބައިވެރިވުން ވަނީ މަނާކޮށްފައެވެ.

އަމީޒްއާ ދެކޮޅަށް އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމިޓީއަށް މި މައްސަލަ ހުށަހެޅުއްވީ ވިލިނގިލި ދާއިރާގެ ރައީސް ހުސައިން ހަސަނެވެ. އަމީޒް ސަސްޕެންޑްކުރުމަށް ފާސްކޮށްފައިވަނީ މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ބައިވެރިވި ދެ މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.