އިންތިޚާބު އޮންނަ ދުވަހު މާލޭގައި ބަރު އުޅަނދު ދުއްވުން މަނާކޮށްފި

އިންތިޚާބު އޮންނަ ދުވަހު މާލޭގައި ބަރު އުޅަނދު ދުއްވުން މަނާކޮށްފި

Author
ޙަސަން މުޙައްމަދު
01 އޭޕްރިލް 2026 12:30
0

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު އޮންނަ ދުވަހު މާލޭ ސަރަހައްދުގައި ބަރު އުޅަނދުތައް ދުއްވުން މަނާކުރަން ނިންމައިފިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި، އަންނަ ހޮނިހޮރު ދުވަހު ބާއްވާ އިންތިޚާބާއި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓާ ގުޅިގެން މިފަދަ ފިޔަވަޅެއް އެޅީ މަގުމަތީގެ އަމާންކަން ކަށަވަރުކޮށް، ޓްރެފިކް ތޮއްޖެހުން ކުޑަކުރުމުގެ ބޭނުމުގައެވެ. އެގޮތުން ވޯޓުލާ ދުވަހުގެ ހެނދުނު 06:00 އިން ފެށިގެން ރޭގަނޑު 23:00 އާ ހަމައަށް މާލޭގެ މަގުތަކުގައި C0, C2, D, E އަދި V ކެޓަގަރީގެ އެއްގަމު އުޅަނދުތައް ދުއްވުމަކީ މަނާކަމެކެވެ.

އެހެންނަމަވެސް، މި ވަގުތުތަކުގައި ސަލާމަތީ ބާރުތަކުން ބޭނުންކުރާ އިންޖީނުލީ އުޅަނދުތައް ދުއްވުމަށް މި އެންގުމުން އިސްތިސްނާ ލިބޭނެކަމަށް މިނިސްޓްރީން ބުނެފައިވެއެވެ. އަދި މި އެންގުމާ ޚިލާފުވާ ފަރާތްތަކާމެދު އެއްގަމު ދަތުރުފަތުރުގެ ޤާނޫނުގެ ދަށުން ހަރުކަށި ފިޔަވަޅު އަޅާނެކަމަށްވެސް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ އަންގާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.