ވިހެއުމުގެ ޗުއްޓީއާ ގުޅިގެން ޕްރޮމޯޝަން ނުލިބޭ މައްސަލަ ހައްލުކުރުމަށް ޕެޓިޝަނެއް

ވިހެއުމުގެ ޗުއްޓީއާ ގުޅިގެން ޕްރޮމޯޝަން ނުލިބޭ މައްސަލަ ހައްލުކުރުމަށް ޕެޓިޝަނެއް

Author
ޙަސަން މުޙައްމަދު
31 މާރޗް 2026 05:08
0

ވިހެއުމާ ގުޅިގެން ދޭ ހަ މަސް ދުވަހުގެ ޗުއްޓީ ނެގުމުން ސިވިލް ސާވިސް މުވައްޒަފުންނަށް ޕްރޮމޯޝަން ނުލިބޭ ގޮތަށް އޮންނަ އުސޫލު ބަދަލުކުރުމަށް ގޮވާލައި، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފިއެވެ.

ސިވިލް ސާވިސްގެ އާ ޕޭ ފްރޭމްވޯކްގެ ދަށުން، މުވައްޒަފުންގެ ފެންވަރު ވަޒަންކުރާ ޕާފޯމަންސް އެޕްރައިޒަލް ހެދުމަށްޓަކައި މަދުވެގެން 90 ދުވަހު މަސައްކަތަށް ހާޒިރުވާން ޖެހެއެވެ. ނަމަވެސް މެޓާނިޓީ ޗުއްޓީގެ ސަބަބުން މި މުއްދަތު ގުނުން ހުއްޓޭތީ، އެޕްރޫވްޑް ޗުއްޓީއެއް ނަގާ މައިންނަށް ސްޓެޕް ޕްރޮމޯޝަން ލިބުމުގައި ހުރަސްތަކެއް ކުރިމަތިވެ، އެ މުވައްޒަފުންގެ ހައްގުތައް ގެއްލެމުންދާކަމުގެ ކަންބޮޑުވުން ވަނީ ބޮޑުވެފައެވެ.

މި މައްސަލައަށް އަވަސް ހައްލެއް ހޯދައިދިނުމަށް އެދި މަޖިލީހުގެ އީ-ޕެޓިޝަން ޕޯޓަލްއަށް މި ޕެޓިޝަން ހުށަހަޅާފައިވަނީ މަރިޔަމް ޝިފާނާ ހުސައިންއެވެ. އީ-ފާސް މެދުވެރިކޮށް އޮންލައިންކޮށް ސޮއިކުރެވޭ މި ޕެޓިޝަނަށް މިހާތަނަށް 1180 އަށްވުރެ ގިނަ މީހުން ސޮއިކޮށްފައިވާއިރު، ޕެޓިޝަނުގައި ސޮއިކުރުމުގެ ފުރުސަތު އަންނަ މެއި މަހުގެ ހަތަރުވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލެވިފައި އޮންނާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.