**ކުރިއާ މެދުވެރިކޮށް އެތެރެކުރި 1.8 ކިލޯގެ ކޮކެއިންއާއެކު ދެ މީހަކު ހައްޔަރުކޮށްފި

**ކުރިއާ މެދުވެރިކޮށް އެތެރެކުރި 1.8 ކިލޯގެ ކޮކެއިންއާއެކު ދެ މީހަކު ހައްޔަރުކޮށްފި

Author
ޙަސަން މުޙައްމަދު
31 މާރޗް 2026 11:02
0

ކުރިއާ ސާވިސް މެދުވެރިކޮށް ރާއްޖެއަށް އެތެރެކުރި 1.8 ކިލޯގެ ކޮކެއިންއާއެކު ދެ ދިވެހިން ފުލުހުން ހައްޔަރުކޮށްފިއެވެ.

މި މައްސަލައިގައި މި މަހުގެ 29 ވަނަ ދުވަހު ހައްޔަރުކޮށްފައިވަނީ ހ. ނިބޫ، އުމުރުން 34 އަހަރުގެ ޝަމްއޫނު ނަސީރާއި، ގ. މާވާގެ، އުމުރުން 32 އަހަރުގެ އަބްދުﷲ ޔާމީނެވެ. މި ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމަށް ޝަމްއޫނުގެ ބަންދަށް ފަސް ދުވަސް ދީފައިވާއިރު، ޔާމީންގެ ބަންދަށް ކޯޓުން ވަނީ 15 ދުވަސް ޖަހާފައެވެ.

ފުލުހުން މައުލޫމާތު ދޭގޮތުގައި، މި މީހުން އަތުލައިގަނެފައިވަނީ ރާއްޖެއަށް އެތެރެކުރި ޕެކޭޖެއް ކަސްޓަމްސްއިން ހިފެހެއްޓުމަށްފަހު ފުލުހުންނާ ހަވާލުކުރުމުން ހިންގި "ކޮންޓްރޯލް ޑެލިވަރީ" އޮޕަރޭޝަނެއްގެ ތެރެއިންނެވެ. މިގޮތުން، ޕެކޭޖާ ހަވާލުވުމަށް ފުރަތަމަ ދިޔައީ ޔާމީން ކަމަށާއި، އޭނާ އެކަން ކުރީ ޝަމްއޫން ބުނެގެންކަމަށް ކޯޓު އަމުރުގައި ފާހަގަކޮށްފައިވެއެވެ. އަދި ޔާމީން އެ ޕެކޭޖު އިތުރު މީހަކާ ހަވާލުކުރިކަމަށާއި، އެންމެ ފަހުން ޕެކޭޖާ ހަވާލުވީ ޝަމްއޫންކަން ފުލުހުން ވަނީ ކޯޓުގައި ހާމަކޮށްފައެވެ.

މި އޮޕަރޭޝަނުގައި އަތުލައިގަތް މަސްތުވާތަކެތީގެ ވަގުތީ ބަރުދަނުގައި 1،890 ގްރާމްގެ ކޮކެއިން ހުރިކަމަށް ފުލުހުން ބުނެފައިވެއެވެ. ކޯޓު އަމުރުގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުން، މި މައްސަލައިގައި ހައްޔަރުކުރި ޔާމީނާއި ޝަމްއޫނަކީވެސް މީގެ ކުރިން އެއްވެސް ކުށުގެ ރެކޯޑެއް އޮތް ބައެއް ނޫނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.