ގްރޭޓާ މާލެ އޭރިޔާ ސަރަހައްދުގެ ސްކޫލްތަކުގައި ގްރޭޑް 7 އަދި 8ގެ ކުދިންނަށް ކިޔަވައިދޭން ފަށަން އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ، ކޯވިޑް-19ގެ މިހާރުގެ ހާލަތަށް ރިއާޔަތްކޮށް، ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ލަފާގެ މަތިން، އޮކްޓޯބަރު 19 ވަނަ ދުވަހުން ފެށިގެން މާލެ ސިޓީގެ ސްކޫލްތަކުގައި ގްރޭޑް 8ގެ ކުޔެވުން ފެށުމަށް އެ މިނިސްޓްރީން ނިންމާފައިވާ ކަމަށެވެ. އަދި އޮކްޓޯބަރު 25 ވަނަ ދުވަހުން ފެށިގެން މާލެ ސިޓީގެ ސްކޫލްތަކުގައި ގްރޭޑް 7 ގެ ކިޔެވުން ފެށުމަށް ނިންމާފައިވާ ކަމަށްވެސް އެ މިނިސްޓްރީން ވިދާޅުވިއެވެ.
ކޯވިޑް-19 ގެ މިހާރުގެ ހާލަތަށް ރިޢާޔަތްކޮށް، @HPA_MVގެ ލަފާގެ މަތިން، އޮކްޓޫބަރުމަހުގެ 19 އިން ފެށިގެން މާލޭ ސިޓީގެ ސްކޫލްތަކުގައި ގްރޭޑް 8 ގެ ކިޔެވުން ފެށުމަށް މި މިނިސްޓްރީން ވަނީ ނިންމާފައި.
— Ministry of Education (@MoEdumv) October 11, 2020
ކޯވިޑް-19 އާ ގުޅިގެން އެންމެ ފުރަތަމަ ރާއްޖޭގެ ހުރިހާ ސްކޫލެއްގެ ކިޔެވުން މެދުކަނޑާލުމަށްފަހު، އަލުން ކިޔަވައިދޭން ފަށާފައި ވަނީ ޖުލައި މަހުގެ 1 ވަނަ ދުވަހުއެވެ. އޭރު އަތޮޅުތަކުގައި ގްރޭޑް 1 އިން ފެށިގެން 12 ދަރިވަރުންނަށް ކިޔަވައިދޭން ނިންމި ނަމަވެސް މާލޭގެ ހާލަތަށް ބަލާ ކިޔަވއިދެމުން އައިސްފައިވަނީ ގްރެޑް 9 އިން 12އަށެވެ.
ކޯވިޑް-19 ގެ ހާލަތަށް ރިއާޔަތްކޮށް، އެޗްޕީއޭގެ ލަފާގެ މަތިން އަންނަ މަހުގެ ހަތަރަކުން ފެށިގެން މާލެ ސިޓީގެ ސްކޫލްތަކުގައި ކީ ސްޓޭޖް ހަތަރަކާއި ފަހެއްގެ (ގްރޭޑް 9-12 އަށް) ދަރިވަރުންގެ ކިޔެވުން ފެށީ އޮކްޓޯބަރު ހަތަރު ވަނަ ދުވަހުގަ އެވެ.
ނަމަވެސް މާލޭގައި ކޯވިޑް-19 ހަލުވިކަމާ އެކު ފެތުރެން ފެށުމާ ގުޅިގެން މާލެ ސަރަހައްދުގެ ސްކޫލުތައް ބަންދުކޮށް އޮންލައިންކޮށް ކިޔަވައިދޭން ފެށިއެވެ. މިހާރުވެސް މާލެ ސަރަހައްދުގެ ސްކޫލުތަކުގައި އަށަކުން މަތީގެ ހުރިހާ ކުދިންނަށް ކިޔަވައިދެމުން ދަނީ އޮންލައިންކޮށެވެ.
ކޮމެންޓު ފޮނުވާ