ގަލްފުގެ ގައުމުތަކަށް ބޭނުންވާ ފުރިހަމަ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގައި އެމެރިކާ ފެއިލްވެފައިވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
މެދުއިރުމަތީގެ ހަނގުރާމައަށް ނިމުމެއް އައުމުގެ ކޮޅުމަތި ފެންނަމުންދާތީ، މިއީ އެ ސަރަހައްދުގެ މަސްލަހަތު ރަނގަޅުވެ، އީރާނާއި ސައުދީ އަރަބިއްޔާއާ ދެމެދު އޮތް ނުތަނަވަސްކަން ހައްލުވުމަށް އޮތް އުއްމީދީ ދަނޑިވަޅެއްކަން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ފާހަގަކުރެއްވި އެވެ. ނަމަވެސް، މި ބަދަލުތަކާއެކު އެމެރިކާއާ އޮންނަ ގުޅުމާމެދު ސުވާލު އުފެދޭކަމަށާއި، އެމެރިކާގެ ހިމާޔަތާ ނުލައި ގަލްފުގެ ގައުމުތަކުން އަމިއްލަ ފައިމައްޗަށް ތެދުވުމުގެ ވިސްނުމަކީ ދުރުގައި އޮތް ކަމެއް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
އިޒްރޭލާއި އެމެރިކާއިން އީރާނަށް ދެމުންދާ ހަމަލާތަކަށް ރައްދުދިނުމުގެ ގޮތުން އީރާނުން ވަނީ ގަލްފުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް ހަމަލާދީފަ އެވެ. މީގެ އިތުރުން، ހޮރުމުޒް ކަނޑުއޮޅި ބަންދުކުރުމުގެ ސަބަބުން ދުނިޔޭގެ ތެލުގެ ބާޒާރަށް އައިސްފައިވާ ލޮޅުމާއި ތެލުގެ އަގު އުފުލުމާ ގުޅިގެން، ރާއްޖެ ތެލަށް ޖެހިދާނެކަމުގެ ބިރު އޮތްކަން ފާހަގަކުރައްވައި، އެކަމަށް ދުރާލާ ފިޔަވަޅު އެޅުމަށް ވެސް ނަޝީދު ވަނީ މީގެ ކުރިން ގޮވާލައްވައިފަ އެވެ.
ކޮމެންޓު ފޮނުވާ