ސަރުކާރުގެ ޓެކްސީ ލައިނަށް "މާލޭ ޓެކްސީ" ކިޔަން ނިންމައި، ގުޅާނެ ނަމްބަރު އާންމުކޮށްފި

ސަރުކާރުގެ ޓެކްސީ ލައިނަށް "މާލޭ ޓެކްސީ" ކިޔަން ނިންމައި، ގުޅާނެ ނަމްބަރު އާންމުކޮށްފި

Author
އަހުމަދު
23 މާރޗް 2026 12:13
0

ސަރުކާރުން އަލަށް ފަށަން ތައްޔާރުވަމުން އަންނަ ޓެކްސީ ލައިންގެ ނަމަކީ "މާލޭ ޓެކްސީ" ކަމުގައި ކަނޑައަޅައި، އެ ޚިދުމަތް ހޯދުމަށް ގުޅަންޖެހޭ ނަމްބަރު އެމްޓީސީސީން އާންމުކޮށްފިއެވެ.

މި ޚިދުމަތް ފެށުމަށް މީގެ ކުރިން ސަރުކާރުން އެކި ތާރީޚުތައް ދީފައިވާއިރު، އެންމެ ފަހުން މިދިޔަ ފިތުރު އީދުގައި ޚިދުމަތް ފަށާނެކަމަށް އޮތީ ބުނެފައެވެ. ނަމަވެސް އެ ތާރީޚުގައި ޚިދުމަތް ފެށިފައި ނުވާތީ، މިހާރު ސަރުކާރުން އަމާޒު ހިފާފައިވަނީ މި ހިނގާ މަސް ނިމުމުގެ ކުރިން ޓެކްސީގެ ޚިދުމަތް ރަސްމީކޮށް ފެށުމަށެވެ. އެމްޓީސީސީން ހާމަކޮށްފައިވާ ގޮތުގައި މާލޭ ޓެކްސީގެ ޚިދުމަތް ހޯދުމަށް ގުޅަންޖެހޭ ހޮޓްލައިން ނަމްބަރަކީ 1655 އެވެ.

ޓްރާންސްޕޯޓް މިނިސްޓަރު އަމީން ވިދާޅުވި ގޮތުގައި، މި ޚިދުމަތަށް ބޭނުންވާ އުޅަނދުތައް ރާއްޖެ ގެންނަނީ ދެ ބެޗަކަށް ބަހާލައިގެންނެވެ. އެގޮތުން ސްރީލަންކާ މަގުން ގެންނަ ފުރަތަމަ ބެޗުގެ ކާރުތައް މި މަހުގެ 11 ވަނަ ދުވަހު ރާއްޖެ ގެނައުމަށް ހަމަޖެހިފައިވާއިރު، ޗައިނާއިން ގެންނަ ދެވަނަ ބެޗުގެ ޓެކްސީތައް އަންނަ ހުކުރު ދުވަހު ރާއްޖެއަށް ފޯރާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މި ދެ ބެޗުގައި ޖުމްލަ 150 ކާރު ރާއްޖެ ގެނައުމަށް ވަނީ ޕްލޭންކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.