Ad
ވިލިމާލޭ ގަސް ހައްދައިގެން އާމްދަނީހޯދާ ބިން ސަރުކާރަށް، ބޮންޑާ ވިދާޅުވަނީ އެމީހުންނަށް ބިމެއް ދައްކަންޖެހޭކަމަށް

ވިލިމާލޭ ގަސް ހައްދައިގެން އާމްދަނީހޯދާ ބިން ސަރުކާރަށް، ބޮންޑާ ވިދާޅުވަނީ އެމީހުންނަށް ބިމެއް ދައްކަންޖެހޭކަމަށް

Author
މުޙައްމަދު ޝަޒައިމް
11 އޮކްޓޯބަރ 2020 05:53
0

ވިލިމާލޭގައި ގަސް ހައްދައިގެން އާމްދަނީ ހޯދަމުންދާ މީހުން އަތުން އެބިން ދައުލަތަށް ނަގާއިރު އެމީހުންނަށް އެކަން ކުރެވޭނެ އިތުރު ތަނެއް ސަރުކާރުން ދައްކަންޖެހޭނެ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ އެމްޑީޕީ މެމްބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެ އެވެ.

ވިލިމާލޭގައި ދިރިއުޅެމުންދާ ރައްޔިތުންގެ ތެރެއިން މާމެލާމެލީގެ ބާގީޗާގަސް ހައްދައިގެން ލިބޭ އާމްދަނީން ދިރިއުޅޭ ވިލިމާލޭ "ހޯޓިކަލްޗަރ ކޮމިޔުނިޓީ "މިހާރު ގަސްހައްދަން ބޭނުންކުރާ ބިން ދައުލަތަށް ނެގުމަށް ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށް ބޮންޑޭ ވިދާޅުވީ އެއްގޮތަކަށްވެސް ބިމެއް ނުދައްކައި އެގޮތަށް އެކަން ކުރުމަކީ ރަނގަޅު ގޮތެއް ނޫންކަމަށެވެ. އަދި މިހާރު ވިލިމާލޭގައި ހުރި ބިންތަކުގެ ތެރެއިން ބޭނުންކޮށް ހުރި ބިންތަކުން އެކަން ކުރަން އެކަށޭނެ ބިމެއް ދައްކަން ޖެހޭކަމަށެވެ.

މާމެލާމެލީގެ ބާގީޗާގަސް ހައްދައިގެން ލިބޭ އާމްދަނީން ދިރިއުޅޭ ވިލިމާލޭ "ހޯޓިކަލްޗަރ ކޮމިޔުނިޓީ "މިހާރު ގަސްހައްދަން ބޭނުންކުރާ ބިމުން ނެރެލެމުގެ ކުރީން ވިލިމާލޭ ގައި ބޭނުން ނުކޮށްހުރި ބިންތަކުން އެކަމަށް އެންމެ އެކަށޭނަ ބިމެއް ދޭންޖެހެއެވެ! ބޮންޑޭ ވިދާޅުވި އެވެ.

ބޮންޑޭ ކުރެއްވި ޓްވީޓްގައި އެބިމުގައި ގަސް އިންދައިގެން އާމްދަނީ ހޯދަމުންދާ ބައެއް މީހުން ޝުއޫރުވެސް ފާޅުކޮށްފައި ވެއެވެ. އެތަނުން މީހަކު ބުނީ ބިން ދައުލަތަށް ނަގާއިރު ގަސް އިންދޭނެ ކޮންމެވެސް ގޮތެއް ސަރުކާރުން ހަމަޖައްސައިދޭނެ ކަމަށް އުންމީދު ކުރާކަމަށެވެ.

ބޮންޑޭގެ މި ޓްވީޓާއި ގުޅިގެން ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ވަނީ ބޮންޑޭގެ ވިސްނުމާއި ދެކޮޅަށް މިކަމުގައި ޝުއޫރު ފާޅުކުރައްވާފަ އެވެ. އުޝާމް ވިދާޅުވީ ބިމުގެ ދަތިކަން އިންތިހާއަށް ބޮޑުއިރު އެއްވެސް އުސޫލެއްނެތި ބިންތައް ބޭނުންކުރުމަކީ އިންސާފެއް ނޫންކަމަށެވެ.

ވިލިމާލޭގައި މިބުމުގައި ގިނަބަޔަކު ގަސް އިންދައިގެން މަލާއި، ގަސް ވިއްކައިގެންވެސް ގިނަބަޔަކު ދަނީ އާމްދަނީ ހޯދަމުންނެވެ. ސަރުކާރުން މިހާރު މިބިން ދައުލަތަށް ނަގަން ނިންމާފައިވާއިރު، އެބިން ނަގާ ވަކި ސަބަބެއް އަދި ހާމަކޮށްފައި ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.