އދ. ގެ މައި މަރުކަޒުގައި ފުރަތަމަ ފަހަރަށް ދިވެހި ތުނޑުކުނަލެއް ބަހައްޓައިފި

އދ. ގެ މައި މަރުކަޒުގައި ފުރަތަމަ ފަހަރަށް ދިވެހި ތުނޑުކުނަލެއް ބަހައްޓައިފި

Author
ހުސައިން
20 މާރޗް 2026 05:24
0

ނިއު ޔޯކުގައި ހުންނަ އދ. ގެ މައި މަރުކަޒުގައި ދިވެހިރާއްޖޭގެ ސަގާފަތް ރަމްޒުކޮށްދޭ ތުނޑު ކުނަލެއް ބަހައްޓައިފިއެވެ. މިއީ ދިވެހި އުފެއްދުމެއް އެ މަރުކަޒުގައި ބެހެއްޓި ފުރަތަމަ ފަހަރެވެ.

ޚާރިޖީ ވުޒާރާއިން މަޢުލޫމާތު ދެއްވާ ގޮތުގައި މިއީ ދިވެހިރާއްޖެއިން އދ. އަށް ދިން ހަނދާނީ ހަދިޔާއެކެވެ. މި ކުނާ އެތަނުގައި ބެހެއްޓުމަށް ނިންމެވީ 2024 ވަނަ އަހަރު އދ. ގެ އާންމު މަޖިލީހުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިއު ޔޯކަށް ކުރެއްވި ޒިޔާރަތުގައެވެ. އދ. ގެ މައި މަރުކަޒުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި ތުނޑުކުނާ އިފްތިތާޙްކޮށްދެއްވީ ރާއްޖެއިން އދ. އަށް ކަނޑައަޅުއްވައިފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ޢަލީ ނަސީރު މުޙައްމަދެވެ.

މި ތުނޑުކުނަލަކީ ރާއްޖޭގެ މިނިވަންކަމަށާއި، ރާއްޖެ އދ. ގެ މެންބަރަކަށް ވީތާ 60 އަހަރު ފުރުމުގެ މުނާސަބަތާ ގުޅުވައިގެން، ބައިނަލްއަޤްވާމީ މައިދާނުގައި ދިވެހި ފަންނުވެރިކަން ދައްކާލުމުގެ ގޮތުން ތައްޔާރުކުރި އުފެއްދުމެކެވެ. މިއީ ތުނޑުކުނާ ވިޔުމަށް ރާއްޖޭގައި އެންމެ މަޝްހޫރު ރަށް ކަމަށްވާ ގދ. ގައްދޫގެ ފަންނުވެރިއަކު ފަރުމާކޮށް ވިޔެފައިވާ ވަރަށް ފުރިހަމަ އުފެއްދުމެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.