ވިޓްސެލް އަށް އަނިޔާވެ މިސީޒަން އޭނާއަށް ގެއްލިދާނެ

ވިޓްސެލް އަށް އަނިޔާވެ މިސީޒަން އޭނާއަށް ގެއްލިދާނެ

Author
މުޙައްމަދު ޝަޒައިމް
12 ޖެނުއަރީ 2021 12:11
0

ޖަރުމަނު ބުންޑަސްލީގާގެ ބޮރޫޝިއާ ޑޯޓްމުންޑަށް ކުޅޭ ބެލްޖިއަމްގެ ތަޖްރިބާކާރު މިޑްފީލްޑަރ އެކްސެލް ވިޓްސެލްގެ ފަޔަށް ލިބިފައިވާ އަނިޔާއަކާއި ގުޅިގެން އޭނާ މިސީޒަން ގައި އިތުރަށް ފެނުމުގެ ފުރުސަތު ވަރަށް ކުޑަކަމަށް އެކްލަބުން ހާމަކޮށްފިއެވެ.

ވިޓްސެލްގެ ފަޔަށް އަނިޔާވެފައިވަނީ ހޮނިހިރު ދުވަހުގެ ރޭ އާރްބީ ލިޕްޒިގްއާ ބައްދަލުކޮށް މޮޅުވި މެޗުގައެވެ. މިގޮތުން އެމެޗްގެ ފުރަތަމަ ހާފްގައި ވިނަގަނޑުގައި ފައިތިލަ ޖެހުނު ގޮތަކުން އޭނާގެ ފަޔަށް އަނިޔާވީކަމަށް ކްލަބުން ހާމަކުރެއެވެ. އަދި ޑޮކްޓަރުން ބެލުމަށްފަހު އޭނާ ފައިގެ އޮޕަރޭޝަނެއް ކުރަން ޖެހޭ ކަމުގައިވަނީ ހާމަކޮށްފައެވެ.

މިއަނިޔާގެ ސަބަބުން މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ޔޫރޯ މުބާރާތް ފެށެން ވާއިރަށް ވިޓްސެލް ފިޓްވާނެކަމާމެދުވެސް ވަނީ ސުވާލު އުފެދިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.