ކަނޑުމަގުން ހަ ކިލޯގެ މަސްތުވާތަކެތި އެތެރެކުރި ދެ މީހަކު ހައްޔަރުކޮށް ބަންދުކޮށްފި

ކަނޑުމަގުން ހަ ކިލޯގެ މަސްތުވާތަކެތި އެތެރެކުރި ދެ މީހަކު ހައްޔަރުކޮށް ބަންދުކޮށްފި

Author
ހުސައިން
08 މާރޗް 2026 11:02
0

މަސްތުވާތަކެތި ކަނޑުމަގުން ރާއްޖެއަށް އެތެރެކުރި މައްސަލައެއްގައި ދެ ދިވެއްސަކު ހައްޔަރުކޮށްފިއެވެ.

މޯލްޑިވްސް ކަސްޓަމްސް ސަރވިސްއާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން މި މަހުގެ ފަސް ވަނަ ދުވަހު ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފައި ވަނީ އުމުރުން 25 އަހަރުގެ މއ. ތަރިޖެހިއާގެ / މާލެ، ޢިސްމާއީލް އަބާން ޢަބްދުﷲ އާއި 19 އަހަރުގެ ސ. މަރަދޫ / ރަތްމާގެ، އަޙްމަދު ދާން ފަރްހޫދެވެ. މި ދެ މީހުންގެ މައްޗަށް ތުހުމަތުކުރެވެނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް، ބޭނުންކޮށް، ގެންގުޅެ އަދި އެ ތަކެތީގެ ވިޔަފާރިކުރުމުގެ ކުށެވެ. މި ދެ މީހުން ހައްޔަރުކޮށް ބަލައިފާސްކުރިއިރު ހަ ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި ވަނީ އަތުލައިގެންފައެވެ.

މި މައްސަލައިގައި ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ދެ މީހުން ވެސް ފަސް ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. ފުލުހުން ބުނީ މި މައްސަލައިގެ ތަހުގީގު މިހާރު ވެސް ކުރިއަށްދާ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.