މި އަހަރުގެ ރޯދަ މަހުގެ ފުރަތަމަ 15 ދުވަހު ފިތުރު ޒަކާތުގެ ގޮތުގައި 5.5 މިލިއަން ރުފިޔާ

މި އަހަރުގެ ރޯދަ މަހުގެ ފުރަތަމަ 15 ދުވަހު ފިތުރު ޒަކާތުގެ ގޮތުގައި 5.5 މިލިއަން ރުފިޔާ

Author
ޙަސަން މުޙައްމަދު
08 މާރޗް 2026 06:17
0

ރޯދަ މަހުގެ ފުރަތަމަ 15 ދުވަހުގެ ތެރޭގައި ފިތުރު ޒަކާތުގެ ގޮތުގައި 5.5 މިލިއަން ރުފިޔާ ލިބިއްޖެއެވެ.

ޒަކާތު ހައުސްއިން މިއަދު އާންމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން، މިދިޔަ އަހަރުގެ ރޯދަ މަހުގެ އެ މުއްދަތުގައި ލިބުނީ 4.5 މިލިއަން ރުފިޔާއެވެ. އެހެންކަމުން މި އަހަރު ފިތުރު ޒަކާތް ދެއްކި މިންވަރު ވަނީ މިދިޔަ އަހަރާ އަޅައިބަލާއިރު 23 ޕަސެންޓް އިތުރުވެފައެވެ.

ފިތުރު ޒަކާތް ރޯދަ މަހުގެ އެންމެ ފަހު ދުވަހާ ހަމައަށް ބަލައިގަންނައިރު، އޮންލައިންކޮށް ޒަކާތް ދެއްކުމުގެ ފުރުސަތު ގިނަ ޕްލެޓްފޯމްތަކެއް މެދުވެރިކޮށް ވަނީ ހުޅުވައިލައިފައެވެ. އެގޮތުން ރޯދަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން 27 ވަނަ ދުވަހާ ހަމައަށް ދިރާގު ޕޭ، އުރީދޫ އެމްފައިސާ، އިސްލާމިކް ބޭންކް މޮބައިލް އެޕް، ބީއެމްއެލް މޮބައިލް އެޕް އަދި އަވަސް އެޕް މެދުވެރިކޮށް ޒަކާތް ދެއްކޭނެއެވެ. މީގެ އިތުރުން ފަހިޕޭ އާއި ފިނޭންސް މިނިސްޓްރީގެ ބަނޑޭރި ޕޭ ޕޯޓަލް މެދުވެރިކޮށް ރޯދަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އެންމެ ފަހު ދުވަހާ ހަމައަށް ވެސް އޮންލައިންކޮށް ފިތުރު ޒަކާތް ދެއްކޭނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.