ބ.މާޅޮހުގައި ފެންބޮޑުވެ އެހީތެރިކަމަށް އެދިއްޖެ

ބ.މާޅޮހުގައި ފެންބޮޑުވެ އެހީތެރިކަމަށް އެދިއްޖެ

Author
މުޙައްމަދު ޖިމީ
12 ޖެނުއަރީ 2021 09:13
0

ބޯކޮށް ވާރޭވެހި ބ.މާޅޮހުގައި ފެންބޮޑުވުމާއި ގުޅިގެން ފެން ހިންދުމުގެ މަސައްކަތް ފަށައިފިއެވެ.

އެމްއެންޑީއެފް އިން ބުނީ، މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައާއި ގުޅިގެން ބ.މާޅޮހުގެ ބައެއް ސަރަޙައްދުތަކުގައި ފެންބޮޑުވެގެން އެކަމުގެ ރިޕޯޓް އެމްއެންޑީއެފް ނޮދަން އޭރިޔާއަށް ލިބިފައިވާކަމަށެވެ. އެހެންކަމުން އެރަށު ކައުންސިލާއި އެމްއެންޑީއެފް ގުޅިގެން އެ ސަރަޙައްދުތަކުން ފެން ހިންދުމުގެ މަސައްކަތް ކުރުމަށް މަސައްކަތްކުރަމުންދާކަމަށެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި އުތުރާއި މެދުރާއްޖެތެރޭގެ ބޮޑުބަޔަކަށް ވިއްސާރަކޮށް ގުގުރާނެ، އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ބުނެއެވެ. އަދި ދެކުނުގެ ސަރަޙައްދަށް ކެރީގެ އަސަރުކުރާނެކަމަށް ބެލެވޭކަމަށާއި، ވައިޖެހެނީ މެދުރާއްޖެތެރެއާއި ދެކުނުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި، އުތުރުގެ އަތޮޅުތަކަށް އުތުރާއި އިރުއުތުރުން ގަޑިއަކު 30 މޭލާއި 13 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެކަމަށް މެޓް އޮފީހުން ބުނެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށްވެސް މެޓް އޮފީހުން ބުނެއެވެ.

ދެކުނާއި މެދުރާއްޖެތެރޭގެ ސަރަހައްދުގައި ކަނޑުތައް އާދައިގެވަރަކަށް ގަދަވާނެ، އުތުރުގައިގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވިނަމަވެސް ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވުން އެކަށީގެންވާކަމަށްވެސް މެޓް އޮފީހުން ވަނީ ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.