ވަރު އައިލެންޑް ރިސޯޓްގައި އަލިފާނުގެ ޙާދިސާއެއް ހިނގައި ބޮޑެތި ގެއްލުންތަކެއް

ވަރު އައިލެންޑް ރިސޯޓްގައި އަލިފާނުގެ ޙާދިސާއެއް ހިނގައި ބޮޑެތި ގެއްލުންތަކެއް

Author
މުޙައްމަދު ޖިމީ
12 ޖެނުއަރީ 2021 08:59
0

މާލެ އަތޮޅު ވަރު އައިލެންޑް ރިސޯޓްގައި އަލިފާނުގެ ހާދިސާއެއް ހިނގާ ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ.

މާލެ އަތޮޅުގައި ހިންގާ ވަރު އައިލެންޑް ރިސޯޓުގެ ވަޑާންގޭގައި ރޯވި އަލިފާންގަނޑު ނިއްވަލާފައިވަނީ  އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސް އިންނެވެ. މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފްއަށް ރިޕޯޓްކޮށްފައިވަނީ ރޭ މެންދަމު 02:48 ހާއިރުކަމަށާއި، އެމަޢުލޫމާތު ލިބުމާއެކު ފަޔަރމަނުންގެ ޓީމަކާއެކު ފަޔަރ ލޯންޗު ވަރު އައިލެންޑް ރިސޯޓަށް ގޮސް، އެރިސޯޓްގައި ރޯވި އަލިފާން އެއްކޮށް ނިއްވާލެވިފައިވަނީ ރޭ ފަތިހު 05:39 ހާއިރުކަމަށް އެމްއެންޑީއެފް އިން މަޢުލޫމާތުދެއެވެ.

މި ހާދިސާގައި އެ ރިސޯޓުގެ ވަޑާންގެ އާއި އެތަނާ ޖެހިގެން ހުރި ސްޓާފް ކުއަރޓާސްގައި ރޯވެ ބޭނުން ނުކުރެވޭ ވަރަށް ވަނީ އަނދާފައެވެ. އެ ސަރަޙައްދުގައި އިތުރު ތިން ގުދަނެއް ހުރި އިރު މި އިން އެއްވެސް ތަނަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ. އަދި މި ހާދިސާގައި އެއްވެސް މީހަކަށްވެސް ގެއްލުމެއް ލިބުނު ކަމުގެ ރިޕޯޓެއް ލިބިފައެއް ނުވެއެވެ. އެމްއެންޑީއެފް އިން ރޭ ބުނެފައިވަނީ އަލިފާން ރޯވެފައިވަނީ އެރިސޯޓްގައި ރާ ރައްކާކުރާ ގުދަނެއްގައިކަމަށެވެ.

ރޭ ވަރު އައިލެންޑް ރިސޯޓުގައި ހިނގި ހާދިސާގައި އަލިފާން ނިއްވުމުގެ މަސައްކަތުގައި ރީތިރަށް ރިސޯޓުން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. ފަހަކަށް އައިސް ރިސޯޓްތަކުގައި އަލިފާނުގެ ގިނަ ޙާދިސާތަކެއް އަންނަނީ ހިނގަމުންނެވެ. އެގޮތުން މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައިވެސް އަލިފާނުގެ ގިނަ ހާދިސާތަކެއް ހިނގާފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.