މާލޭގެ ގެއެއްގައި ރޯވެ، ބޭނުން ނުކުރެވޭ ވަރަށް އަނދައިފި

މާލޭގެ ގެއެއްގައި ރޯވެ، ބޭނުން ނުކުރެވޭ ވަރަށް އަނދައިފި

Author
ޙަސަން މުޙައްމަދު
02 މާރޗް 2026 08:00
0

މާލޭގެ ގެއެއްގައި ރޭ ދަންވަރު ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއްގައި، އެ ގެ ބޭނުން ނުކުރެވޭ ވަރަށް އަނދައި ހުލިވެއްޖެއެވެ.

މި ހާދިސާ ހިނގާފައިވަނީ މީހުން ދިރިއުޅެމުން އައި މއ. ސިޓީވިލާގައެވެ. އެމްއެންޑީއެފުން މައުލޫމާތު ދީފައިވާ ގޮތުގައި އެ ގޭގައި ރޯވެގެން ރިޕޯޓުކޮށްފައިވަނީ ރޭ މެންދަމު 3:00 ޖަހާކަށްހާއިރުއެވެ. މި ހާދިސާގައި އެއްވެސް މީހަކަށް ޖިސްމާނީ އަނިޔާއެއް ލިބުނު ކަމުގެ ރިޕޯޓެއް ލިބިފައި ނުވި ނަމަވެސް، އަލިފާނުގެ ސަބަބުން އެ ގެއަށް ވަނީ އިއާދަނުކުރެވޭ ވަރުގެ ބޮޑެތި ގެއްލުންތަކެއް ވެފައެވެ.

އަލިފާން ރޯވުމާ ގުޅިގެން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ ފަޔާ ފައިޓަރުން ވަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވެފައެވެ. އަދި ގާތްގަނޑަކަށް އެއް ގަޑިއިރުގެ މަސައްކަތުން، ފަތިހު 4:12 ހާއިރު އަލިފާންގަނޑު ވަނީ އެއްކޮށް ނިއްވާލެވިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.