ރައީސް މުއިއްޒުގެ ސިލްސިލާ ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުން މާދަމާ ބާއްވަވަނީ

ރައީސް މުއިއްޒުގެ ސިލްސިލާ ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުން މާދަމާ ބާއްވަވަނީ

Author
ހުސައިން
02 މާރޗް 2026 12:07
0

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ރަސްމީކޮށް މާދަމާ ނޫސްވެރިންނާ ބައްދަލުކުރައްވާ ގޮތަށް ރައީސް އޮފީހުން ހަމަޖައްސަވައިފިއެވެ.

ރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕާސަން ހީނާ ވަލީދު ވިދާޅުވި ގޮތުގައި، މި ބައްދަލުކުރެއްވުން އޮންނާނީ މާދަމާ ހެނދުނު 10:00 ގައެވެ. މިއީ މިއަހަރުގެ ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވެފައިވާ ފަދައިން، ނޫސްވެރިންނާ ބައްދަލުކުރެއްވުމަށް އެމަނިކުފާނު ބާއްވަވާ ސިލްސިލާގެ ފުރަތަމަ ޕްރެސް ކޮންފަރެންސެވެ.

ރައީސް ނޫސްވެރިންނާ ބައްދަލުކުރައްވަން ނިންމަވާފައިވާއިރު، ސަރުކާރުގެ ވަޒީރުން ބާއްވަވާ ނޫސްވެރިންގެ ބައްދަލުވުންތައް ވެސް މިއަދުން ފެށިގެން ކުރިއަށްދާކަން ތަރުޖަމާނު ވަނީ ފާހަގަކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.